މިސްކިތްތަކުގައި މަސްތުވެ، އެއްޗެހި ދޮވެ, ނިދައި އުޅޭ: ފުލުހުން

މިސްކިތްތަކުގައި މަސްތުވެ، އެއްޗެހި ދޮވެ އަދި ނިދުން ފަދަ މިސްކިތް ބޭނުން ކުރުން އެކަށޭނަ ނޫން އެހެން ކަންކަމުގައި މިސްކިތް ބޭނުން ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ކޮންމެ ރެޔަކު ވެސް ފުލުހުން މިސްކިތްތަކަށް ގޮސް، މިސްކިތްތައް ބަލައި އެގޮތަށް މިސްކިތް ބޭނުން ކުރާ މީހުން ފޮނުވައިލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހާލަތްތަކުގައި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ ވެސް މި ކަންކަން ހިއްސާކޮށް މި ކަންކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރެވެމުންދާ ކަމުގައި ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.