ދަރިވަރުންނާ ބެހުނު ޓީޗަރު ހުރީ ސަސްޕެންޑްކޮށްފައި: އެޑިއުކޭޝަން

އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފަަޅާއެރުމާ އެކު ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަން ސްކޫލުން އެންގުމާ އެކު، ސަސްޕެންޑްކޮށްފައިވާކަން ލިޔުމުން ޓީޗަރަށް އަންގަވައިފައިވާ ކަމަށެވެ.
ދަރިވަރަކާ ބެހުނު ދިވެހި އަންހެން ޓީޗަރެއްގެ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ (ނ، ފ، ބ، ޅ.) އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ ދިވެހި އަންހެނަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ އަންހެން މީހާގެ ފަރާތުން އިތުރު ކުދިންތަކަށް ވެސް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.