ޚަބަރު

ކޮވިޑް-19: މާލެއިން 113 މީހުން ފައްސިވި އިރު އަތޮޅުތެރެއިން ފައްސިވީ 104މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 224 މީހުން ފައްސި ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން މިރޭ ދައްކައިފިއެވެ. އޭގެ ތެރެއިން މާލެ ސަރަޙައްދުން ފައްސި ވީ އެންމެ 113 މީހުންނެވެ.

Ads by MWSC

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅު ތެރެއިން މި ބައްޔަށް ފައްސި ވީ 104 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހަކު ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު މުޅިއަކު 70،301 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި ބަލިން ފަސޭހަ ވީ މީހުންގެ ޖުމްލަ އަދަދަކީ 60،769 އެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 9،326 މީހުން ތިބި ކަމަށާއި ހޮސްޕިޓަލުތަކުގައި މިވަގުތު 88 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން ދާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ މިހާރު 197އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!