ޚަބަރު

ހަނިމާދޫ އެއާޕޯޓު މެނޭޖުކޮށް ހިންގާނީ ސަރުކާރުން: މިނިސްޓަރ ފައްޔާޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މެނޭޖުކޮށް ހިންގާނީ ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައިޕީ) އިސްލާހުކޮށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށައިފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރ ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކަމަށްވީ ނަމަވެސް އެއާޕޯޓުގެ ވެރިފަރާތަކީ ސަރުކާރު ކަމަށާއި އަދި އެއަރޕޯޓް ހިންގާނީ ވެސް ސަރުކާރުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އެފްޑީއައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުހިމެނޭ ގޮތަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކުން ފޯރުކޮށްދެވިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!