ޚަބަރު

ކުޅުދުއްފުށީގައި ކަރަންޓީނާ ޚިލާފުވާތީ ގޭގެއަށް ޒިޔާރަތް ކުރުމަށް އިދާރާތަކުން ނިކުމެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
Kulhudhuffushi
ހދ. ކުޅުދުއްފުށި

ހދ. ކުޅުދުއްފުށީގައި ކަރަންޓީނާ ޚިލާފުވާ ކަމުގެ ޝަކުވާތައް ލިބެން ފެށުމާ ގުޅިގެން ރަށުގެ ކަމާ ބެހޭ އިދާރާތަކުން ގޭގެއަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.

Ads by MWSC

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަރަކާތަކީ ކައުންސިލް މެންބަރުންގެ އިސްކޮށް ހުންނަވައިގެން ފުލުހުންނާއި، ހޮސްޕިޓަލުގެ ބޭފުޅުން އަދި ރެޑް ކްރެސެންޓްގެ ބޭފުޅުން ގުޅިގެން ހިންގަވާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ދަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ އިރުޝާދުގެ މަތިން ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.

މި ހަރަކާތް ފަށައިފައި ވަނީ އިއްޔެ ހަވީރު 4:00 އިން ފެށިގެން ކަމަށާއި، އިއްޔެ އެކަނި ވެސް 40އަށް ވުރެ ގިނަ ގޭގެއަށް ޒިޔާރަތް ކުރެވިފައިވާނޭ ކަމަށް ދާއޫދު ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ވެސް ހަވީރު 4:00 އިން ފެށިގެން ގޭގެއަށް ޒިޔާރަތް ކުރަމުން ގެންދާއިރު މިހާތަނަށް މިއަދު އަދި ދެވުނީ ފަސް ގެއަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، ގޭގެއަށް ދަނީ ހާލު ބަލަން ކަމަށާއި، ގޮސް ކަރަންޓީނާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ދެ ގެއަކަށް ފުލުހުން ނަސޭހަތްތެރި ވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ދާއޫދު ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތުން ނެގެންދެން މިގޮތަށް ގޭގެއަށް ޒިޔާރަތްކޮށް ހާލު ބަލަމުން ގެންދަވާނެ ކަމަށެވެ.

ކުޅުދުއްފުށީގައި އިއްޔެ ކޮވިޑް-19އަށް ފައްސިވި ތިން މީހުންނާއެކު ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ޖުމުލަ 28 ވޭދަނައެއް އުޅެއެވެ.

Ads by Ooredoo
  1. ޓައްޕު

    ކުޅުދުއްފުށީގަ ހާދަ ހިންގައޭ