ޚަބަރު

ޝާފިއުގެ ދަރިން ރައްކާތެރި މާހައުލަކަށް ގެންދިޔުމަށް މިދަނީ މަސައްކަތް ކުރަމުން: އެޗްއާރްސީއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އަފްގާނިސްތާނުގެ ޖަލެއްގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/ގޫގަލް

ހަނގުރާމާގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށް ލައިފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އެ ޤައުމުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާ ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޝާފިއުއާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިންނާ ބެހޭ ގޮތުން މީޑިއާގައި ދައުރުވާ މައްސަލަ އެ ކޮމިޝަނަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް، ޝާފިއުގެ އާއިލާއަށް ޒިޔާރަތް ކުރުމަށް އެދިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

"ކޮމިޝަނުގެ އެދުމުގެ މަތިން އަފްޣާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށް ފަހު، ފާހަގަވި ކަންކަން ކޮމިޝަނާ ވަނީ ހިއްސާކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާ އިން މަސައްކަތް ކޮށްފައިވެއެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެޗްއާރްސީއެމުން އިތުރަށް ވިދާޅުވީ ކުދިން ބަހައްޓާ މަރުކަޒުތަކަށް އެ ކުދިން ގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށާއި އެކަން އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

Ads by Ooredoo
  1. ބޯބުރި

    މިރާއްޖޭގެ ދައުލަތާއި ދިވެހި ވަންތަކަން ދޫކޮށް ދައުލަތުގެ އަމުރުތަކާ ދެކޮޅަށް ދިޔަ މީހެއްގެ ކަންކަމުގަ ކީއްކުރަންތޯ ތިއުޅެނީ. ތިޔަށްވުރެ މުހިއްމު ކަންކަން އަހަރެމެންގެ ތެރޭގަ އެ ބަހުއްޓެވެ. ދީނުގެ ނަމުގަ ގައުމު ބައިބައިކޮށް ނަފުރަތު އުފެއްދިމުގެ ކަންކަން ކުރާ ފަރާތްތައް ހުއްޓުވަން އުޅެބަލަ. ތޯރާބޯރާ އަށް މިތަން ހެދުމުގެ އަޒުމުގަ އުޅޭ ސަލަފުން މައިތިރި ކުރުން މާ އައުލާކަން ބޮޑެވެ.