Thursday, 12 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދިވެހި ސިނަމާ

އައްޒަގެ މުޅި އާއިލާ ވެސް ކޮވިޑަށް ފައްސިވި

އައްޒަގެ މުޅި އާއިލާ ވެސް ކޮވިޑަށް ފައްސިވި

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ނަން މަޝްހޫރު އެއް އެކްޓްރެސް އަކީ މަރިޔަމް އައްޒައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

މީސް މީޑިއާގައި ވެސް ވަރަށް އެކްޓިވްކޮށް އަބަދުވެސް ހަރަކާތްތެރިވާ އައްޒަ ފާހަގަވެފައި ވަނީ އެ މަންސަ މެދުވެރިކޮށް ވެސް އޭނާގެ ފޭނުންނާ ނުހަނު ގާތް ގުޅުމެއް ބާއްވާ ފަންނާނެއްގެ ގޮތުގައެވެ. އެ ގޮތުން އޭނާގެ ދިރިއުޅުމުގެ ބައެއް ވާހަކަތަކާ ބައެއް އުފާވެރި އަދި ހިތާމަވެރި ވަގުތުތައް ވެސް އައްޒަ ވަނީ މީގެ ކުރިން ވެސް ފޭނުންނާ ހިއްސާ ކޮށްފައެވެ.

އެގޮތުން އިންސްޓަގްރާމްގެ "އާސްކް މީ އެނީތިންގް" ގައި، ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އައްޒަ ވަނީ އޭނާ ވެސް ކޮވިޑް-19 އަށް ފައްސިވިކަން ހިއްސާ ކޮށްފައެވެ.

Advertisement
HDC — Sidebar (box)

އައްޒައާއި އޭނަގެ ދަރިފުޅު އީތަން ކޮވިޑް-19އަށް ފައްސިވީ ވާހަކައަކީ ތެދެއްތޯ ސުވާލު ކުރުމުން އޭގެ ޖަވާބުގައި އައްޒަ ބުނީ އެއީ ތެދެއް ކަމަށާއި މުޅި އާއިލާ ވެސް ފައްސި ވި ކަމަށެވެ.

"އަހަންނާއި އަހަރެންގެ މުޅި އާއިލާ ވެސް ފައްސިވި. އެކަމަކު އަލްޙަމްދުލިﷲ މިހާރު އަހަރުމެން އެންމެން އެ ބަލިން ފަސޭހަވެއްޖެ. ރައްކާތެރިވެގެން މި ތިބެނީ." އައްޒަ ބުނެފައިވެއެވެ.

އައްޒައާ ފޭނުން ކޮށްފައިވާ އެހެން ސުވާލުތަކަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ އަނެއް ސުވާލަކީ، އާންމުކޮށް ވަރަށް ގިނައިން އޭނާއާ މީހުން ކުރަމުން އަންނަ ސުވާލެކެވެ. އެއީ އައްޒަ އިނީ ބަލިވެތޯއެވެ. އެ ސުވާލަށް ޖަވާބުދެމުން އައްޒަ ބުނީ، އޭނާ އިނީ ބަލިވެ ނޫން ކަމަށެވެ.

މީގެ އިތުރުން އައްޒަ ގާތު ފޭނުން ސުވާލުކޮށްފައި ވަނީ މިހާރު ކިތައް ޕްރޮޖެކްޓު ލިބިފައި ވޭތޯއެވެ. އޭގެ ޖަވާބުގައި އައްޒަ ބުނީ ވަރަށް ގިނަ ޕްރޮޖެކްޓު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން މަޑުކޮށްލައިގެން ހުރި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.