ޚަބަރު

ލާދީނީ ގޮވުން ނިމުމަކަށް ގެންނަން ޕެޓިޝަނެއްގައި ސޮއި ކުރަން ރައީސް ނަޝީދު ގޮވައިލައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލާދީނީ ގޮވުން ނިމުމަކަށް ގެންނަން ޕެޓިޝަނެއްގައި ސޮއި ކުރަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

Ads by STELCO

ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވުމަށް ކަމަށް ބުނެ އުފައްދާފައިވާ މި ޕެޓިޝަންގައި ސޮއި ކުރުމަށް އެދި ރައީސް ނަޝީދު މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި ހަމަލާއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޕެޓިޝަން ހުޅުވައިލައިފައިވާއިރު އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވެސް ވަނީ މަޖިލިހަށް ބިލެއް ހުށަހަޅާފައެވެ.

ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބައެއް ބައެއް ފަރާތްތަކާ މަޝްވަރާ ކޮށްފައި ކަމަށް މެމްބަރު ހިސާން ވިދާޅުވުމުން، އެކަން އެ ފަރާތްތަކުން ވަނީ ދޮގު ކޮށްފައެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ވެސް ބުނީ، ބިލު މަޖިލިހަށް ހުށަހެޅީ އެ މިނިސްޓްރީގެ ލަފާ ނުހޯދާ ކަމަށެވެ.

  1. ޑެރަ

    މިގައުމ ފިތުނ އުފައްދަނ ނަޝީ. ލާދީ ނީއޭގޮވުނ ހުއްޓޭނީލާދީނީކަންކަނ ކުރާމީހުންއެކަންހުއްޓާލީމ. އިންޑިޔާގ ބީޖޭޕީއެކ އެއްވެސ ތަފާތެއްނެތ.

  2. ފިތުނަ

    މީ ފިތުނައުފައްދާ މައި އެތި. މި އެތި މިގައުމުން ބޭރުކުރަން ޕެޓިޝަނެއްގަ ސޮއިކުރަން ފަށަމާ ހިނގާ.

  3. އަމާން

    ލާދީނީ ބިލް އަވަހަށް ފާސްކުރޭ.އިބޫ………..އަވަސްކުރޭ.ވެރިކަން ނިމެނީ.