ޚަބަރު

ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމުގެ ސަގާފަތް އަންނަނީ އަލުން އާލާވަމުން: އެޗްއާރްސީއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންހެންކުދިން ހިތާނު ކުރުމުގެ ސަގާފަތް ރާއްޖޭގައި އަލުން އާލާވަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަންހެންކުދިން ވެސް ހިތާނު ކުރުމަކީ ރަނގަޅުކަމެއް ކަމަށް ދެކިގެން ރާއްޖޭގައި ވެސް އެކަން ކުރަމުން ދަނިކޮށް، އެނގިފައިވާ ގޮތުގައި އެ ސަގާފަތް ހުއްޓައިލައިފައި ވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އާއި އެހެން ބައެއް ގައުމުތައް ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތައޮލައިފައެވެ.

ރޭ ރާއްޖެޓީވީން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމް ކޮމިޝަނަރު ޝަފާތު އަބްދުއްރައްޒާގް ވިދާޅުވީ، ރާއްޖޭގައި އަންހެން ކުދިން ހިތާނު ކުރުމާއި، އެކަމަށް ހިތްވަރު ދިނުން އަނެއްކާވެސް އިތުރުވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ރިސާޗްތަކުން ވެސް އެބަ ފެނޭ ދިވެހިރާއްޖޭގައި މި ސަގާފަތް އަނެއްކާ ވެސް އާލާވަމުން އަންނަކަން. މިކަމަށް ހިތްވަރުދީ ނުވަތަ މިގޮތަށް ހިތާނުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ފަރާތްތައް ވެސް އެބަތިބިކަން. މިކަމަށް އެޑްރެސް ކުރުމަށް ޓަކައި އެބަޖެހޭ ވަރަށް ބޮޑެތި ރީސާޗްތައް ވެސް އަދި މިހާރު ހުރި އެންމެ ސައްހަ ސްޓެޓިސްޓިކްސް ހޯދައިގެން ބަލަން،" ޝަފާތު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމަކީ އެކަމުގެ ސަބަބުން އަންހެނުންގެ ޖިންސީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެއް ކަމަށާއި އަންހެނުންނަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

  1. ލޮޖު

    ކިހިނެއް އަންހެން ކުދިން ހިތާން ކުރަނީ؟

  2. މުހައްމަދު

    ދައްކާނެ ވާހަކައެއް މިހާރު ނެތީތޯ! ތީ މި ރާއްޖޭގަ ކުރާކަމެއް ނޫން..އަދި ތިކަން ކުރަން އުޅޭ ބަޔަކާ ދުވަހަކވެސް ދިމައެއް ނުވެ. އަދި ތި ފަދަ ވާހަކައެއް މި އިވެނީ މިކަހަލަ މަރުމޯލުން ލިޔާ ވާހަކަތަކުން. ދެން ބުނަން އޮތީ އެއީ އިސްލާމް ދީނުގައި ކޮންމެހެން ލާޒިމުކޮށްފަ އޮތް ކަމެއް ކަމުގައި ވާނަމަ ރުހުނަސް ނުރުހުނަސް ޖެހޭނީ ކުރަން. ތަނެއް ބުރިކުރަން އަމުރުކޮށްފަ އޮތިއްޔާ ބުރިކުރާނީ! ކަނޑަން އޮތިއްޔާ ކަނޑާނީ! އުފުރަން އޮތިއްޔާ އުފުރާނީ!

  3. ނަރެލް

    ނޫނޭ މިގައުމުގަ ހަރުކަށިފިކުރާ ހައްދުފަހަނައަޅާފަ ތިބޭމީހުން ނޫޅޭނެ

  4. ޚާފަރު

    ޙިތާނު ކުރާހިތުން އުޅޭބައެއްގެ …. ބުރިކޮށްބަލަ ފުރަތަމަ

  5. ގަމު މީހާ

    މި ރާއްޖޭގަ މިހާރު ކުރާ ކަމެއްނަމަ އެފަދަ ކަމެއް ކުރާކަން އެނގި ތިބެ ނުހުއްޓުވީ ކީއްވެބާ.. ހަރުކަށި ފިކުރޭ ކިޔައިގެން ފިތުނަ އުފައްދަން ވަރައް އެބައުޅޭ މިސަރުކާރުން..
    ބޭނުން ވެގެން އުޅެނީ ނަމެއްގަ އިސްލާމް ކަމުން ޔަހޫދީ ކުރަން..