މަޖިލިސް ރައީސްއާއި އުއްތަމު ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ހަމަޖެއްސުމުގެ ބިލު ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސަން ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ދެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހަޅައި ދައުލަތުން އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
މެންބަަރު ޒަރީރު ހުށަހެޅުއްވި ބިލާއި ނިހާދު ހުށަހެޅުއްވި ބިލު ފާސްވީ މިއަދުގެ ވޯޓުގައި ހިމެނިވަޑައިގަތް 56 މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ ބިލު ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހުށަހެޅި ގޮތަށް ބޮޑެތި ބަދަލުތަކަކާ ނުލައެވެ. ނަމަވެސް ގެއެއް ހަމަޖައްސައި ދޭން ވާނެ ކަމަށް ދެ ބިލްގައި ވެސް ބުނެފައިވާތީ ދެ ބިލް ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ އިބާރާތަށް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ކޮމިޓީން ވަނީ ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އިބާރާތް އިސްލާހު ކޮށްފައެވެ.
ތިކަމުގެ ފޮނި މީރުކަން ތި ލިބުނީ އުއްތަމަފަ ފަނޑިޔާރަކަށްނު!