ޚަބަރު

މަގެއްގެ މަތިން ވެސް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އަޑެއް ނީވޭ: ފައްޔާޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މަގެއްގެ މަތިން ވެސް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އަޑެއް މިހާރު އިވެމުން ނުދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ ވިދާޅުވީ، ވިޔަފާރިވެރިންނާ ގުޅޭ ސިޔާސަތުތައް ސަރުކާރުން އެކުލަވާއިރު ވިޔަފާރިވެރިން ތަމްސީލް ކުރަން ޖަމިއްޔާއެއް ނެތުމުން ބައެއް ކަންކަމުގައި ނިކަމެތިކަމެއް ލިބޭ ކަމަށެވެ.އެހެންކަމުން ވިޔަފާރިވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާނެ ޖަމިއްޔާއެއް މުހިންމުކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ ހިންގުމުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިކޮނޮމިކް މިނިސްޓަރގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ވިޔަފާރިވެރިންގެ ޖަމިއްޔާ އުފެއްދެވި ބޭފުޅުންނާއި އެމަނިކުފާނާ ބައްދަލުވި ކަމަށާ އެބޭފުޅުން ވެސް ޝަކުވާތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން އެ ޖަމިއްޔާ ހިންގާ ގޮތުގެ ޝަކުވާ ލިބިވަޑައިގަތް ކަމަށާއި ޗެމްބާ އޮފް ކޮމާސްއިން ދިވެހި ވިޔަފާރިވެރިންނާ ގުޅުން ނުބާއްވާ ކަމަށާއި އެ ޖަމިއްޔާގެ އެތެރޭގެ އިންތިހާބުތައް ވެސް ކުރިއަށް ގެންދަނީ ވަރަށް ގޯސްކޮށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ވިޔަފާރިވެރިންގެ ޖަމިއްޔާއަކީ ވިޔަފާރީގެ އެކިއެކި މައްސަލަތަކުގައި ވިޔަފާރިވެރިން ތަމްސީލު ކުރަމުން ދިޔަ ޖަމިއްޔާއެއް ނަމަވެސް ކޮވިޑްގެ މި ނާޒުކް ހާލަތުގައި އެޖަމިއްޔާގެ އަޑު އެއްވެސް ވަރަކަށް ނީވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!