ޚަބަރު

ތިނަދޫގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ލެބެއް ގާއިމް ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑުގެ ޕީސީއާރް ޓެސްޓް ހެދޭނެ ފުރިހަމަ ލެބެއް ގާއިމް ކުރަން ނިންމައިފިއެވެ.

Ads by MWSC

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު “ދެން”އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ޕީސީއާރް މެޝިންގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި ކުރިޔަށް އޮތް 5 ދުވަސް ތެރޭގައި މެޝިން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

“ޕީސީއާރް މެޝިންގެ ސެޓަޕް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދޭ. އެހެން ނަމަވެސް އަދި މެޝިން ނުލިބޭ. އުންމީދު ކުރަނީ ކުރިޔަށް އޮތް 5 ދުވަސް ތެރޭ ލިބޭނެ ކަމަށް” ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ އެ މެޝިނުން ދުވާލަކު 300 ސުންކު ޓެސްޓް ކުރެވޭނެ ކަމަށާއި ރާއްޖޭގެ 5 ސަރަހައްދަކަށް މެޝިން ފޮނުވުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން އިއްޔެ ބުނެފައިވާކަމަށެވެ.

ތިނަދޫގައި ވެސް ކޮވިޑް ފެތުރި ހާލަތު ވަނީ ގޯސްވެފައެވެ. ބަލި ކޮންޓްރޯލް ނުކުރެވި އިއްޔެ އެކަނި ވެސް އެރަށުން 30 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ.ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ރަށުގައި ވެސް މި ވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!