ޚަބަރު

ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މީހާ ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުުގައި އެ މީހާ ހައްޔަރު ކޮށްފައި ވަނީ މި ހިނގާ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނަގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ޖެހިއެވެ.

ކޯޓުން މިއަދު އޭނާ ދޫކޮށްލައިފައި ވަނީ ބަންދު މުއްދަތު މުރާޖައާ ކުރަން ކޯޓަށް ގެންދިއުމުންނެވެ. އޭނާ ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މީހާ ދޫކޮށްލަން ފުލުހުން އިއުތިރާޒް ނުކުރާ ކަަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި، ކޯޓުން ވަނީ އޭނާ ދޫކޮށްލަން ފުލުހުންނަށް އަމުރު ކޮށްފައެވެ.

ކުޑަކުދިންގެ ހިޔާގައި ހުންނަން ޖެހޭ ކުއްޖަކަށް ކޮޓަރިއެއްގައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުވާ މީހާ އެ އަމަލު ހިންގައިފައިވާ ކަން ސާބިތު ކުރަން ފުލުހުން ހެކި ހުށަހަޅައިފައި ވެއެވެ. އަދި ފުލުހުންނަށް އެ ކުއްޖާ ފެނިފައިވަނީ ވެސް ތުހުމަތުވާ މީހާގެ ކޮޓަރިން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Ooredoo
  1. ރައްޔިތެއް

    ދޫކޮށްލީމައެއްނުން ދެންއެހެންކުއްޖަކަށްގޯނާކުރެވޭނީ. މިދެންކިހާބޮޑުވެއްޖެކަމެއް . ކުއްވެރިންނޫން އެހެން އެއްވެސް މީހެއްގެ ހައްގެއް އެބައޮވޭތަ. ކޮންމެކަމެެއްވީމަ އިހުމާލުވޭތޯ ބެލީމަނިމުނީތަ. އިހުމާލުވީމަ ނޫންތޯ އެކުއްދެވަނަފަހަރަށް ކުރަންމުޖުތަމައުއަށް އެމީހާ އެދޫކޮށްލަނީ.

    • ރައްޔިތެއް

      ތިހިޔާ ކުއްޖާއަކީ މުޅިވިލިމާލޭ ގައި އުޅޭކުއްޖެއް. ގަދަކަމުންނެއް ނޫން، އެކުއްޖާ އަމިއްލަ އަށް ދަނީ އެގެޔަށް، ހިޔާ މީހުންނަށްވެސް އެނގޭ ކިތައްމެ ހިޔާ މީހުން އެކުއްޖާ ކައިރި ގޮސް އާދޭސް ކުރީމަވެސް ނުދޭ، އެޔަށްވުރެއް އެކުއްޖާގަދަ. ޕޮލިހުން އެ ފިރިހެން މީހާ އެއްކޮށް އަރާ އެކުއްޖާ ގެންދިޔައީ، އޭރުވެސް ޕޮލިހުން ހޯދަން އައިމަ ފިލީ، ދެންކިހިނަކުން ޕޮލިހުންނަށް ފެނުނީ ޖިންސީ ގޯނާކުރަނިކޮށް … ތެދުޚަބަރު ލިޔުން މުހިއްމު.