ޚަބަރު

އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މޮނިޓަރިން ހާލަތުގައި ނެތް ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ގެސްޓްހައުސްތައް ނެތް ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މޮނިޓަރިންގައި އޮތް ރަށްތަކަށް އެރުން މީގެ ކުރިން ވެސް އޮތް ގޮތަށް ނޭރޭނެ ކަމަށާއި، ގެސްޓް ހައުސްތައް ހުންނަ ރަށްތަކަށް އެރުމަށް ރަށު ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

އެޗްޕީއޭއިން އެންމެ ފުރަތަމަ ރަށްތަކަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމީ ނިމިދިޔަ މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ބޭނުންތަކަށް ނޫން ގޮތަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން އޮތީ މަނާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!