ޚަބަރު

ބޮލީވުޑް ސްކްރީން: ކަންގްނާ ބޭނުން ވަނީ އިންޑިއާގެ ނަން "ބާރަތު"އަށް ބަދަލު ކުރަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ބަޔަކު އެންމެ ޝައުޤުވެރިކަމާ އެކު ބަލަމުން ގެންދާ ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް ހިންގައިލާއިރު މިއަދު ވެސް ވަރަށް ތަފާތު އަދި އެހާމެ މުނިފޫހިފިލާ ޚަބަރުތަކެއް މިވަނީ ފެނިފައެވެ.

Ads by STELCO

އެގޮތުން ފާހަގަވާ ބައެއް މުހިންމު ޚަބަރުތަކުގެ ކުރު ޚުލާސާއެއް ގެނެސްދޭނަމެވެ.

ކަންގްނާއަށް "އިންޑިއާ" ކަމަކު ނުދޭ، ބޭނުން ވަނީ ރަސްމީކޮށް "ބާރަތު" ކިޔަން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގްނާ ރަނާވަތު އަބަދުވެސް ފާހަގަ ވެފައިވަނީ ވަރަށް އަނގަ ގަދަ، ރުންކުރު އަދި އޭނާ ބުނަން ބޭނުން ކޮންމެ އެއްޗެއް ވެސް އެއްވެސް ޖެހިލުމަކާ ނުލައި ބުނާ އެކްޓަރެއްގެ ގޮތުގައެވެ. ދާއިރާ ތެރޭގައި ހިނގާ ކަންކަމާއި ސިޔާސީ ކަންކަމުގައި ވެސް، އެއްވެސް ޖެހިލުމަކާ ނުލައި ކަންގްނާ ބަސް ބުނެއެވެ.

އެތައް ކަމަކަށް އޭނާގެ ހިޔާލާ ކަންބޮޑުވުން ފާޅު ކުރުމަށް ފަހު، ކަންގްނާ މިހާރު ގެންދަނީ އިންޑިއާގެ ނަން ބަދަލު ކުރަން ގޮވައިލަމުންނެވެ. އޭނާ ބުނާ ގޮތުން ނަމަ "އިންޑިއާ" އަކީ "އަޅުވެތިކަން" ދޭހަ ކޮށްދޭ ނަމެކެވެ. އެހެންކަމުން އިންޑިއާގެ ނަން ރަސްމީކޮށް "ބާރަތު"އަށް ބަދަލު ކުރަން ކަންގްނާ ގޮވައިލައިފައިވެއެވެ. އިންޑިއާއަށް އެ ޤައުމުގެ ގިނަ ރައްޔިތުން ނިސްބަތް ކުރަނީ "ބާރަތު"ގެ ނަމުންނެވެ. ކަންގްނާ ބުނެފައި ވަނީ އިންޑިއާއަކީ ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެ ކުރިއަރާނެ ޤައުމެއް ކަމުގައި ވާނީ އެމީހުންގެ ސަގާފަތާ ގުޅުމުން ކަމަށެވެ. އެކަންވާނެ އެއް ގޮތަކީ ކުރިން ކިޔައިފައިވާ "ބާރަތު"އަށް އިންޑިއާގެ ނަން ބަދަލު ކޮށްގެން ކަމަށް ވެސް ކަންގްނާ ބުނެފައިވެއެވެ.

ދިވްޔާންކާ ތުރިޕާޓީ ދަހިޔާ: ބައެއް މަޝްހޫރު ޝޯތަކަށް ނޫނެކޭ ބުންޏަސް މޮޅު އެކްޓްރެސްއެއް

"ޔޭ ހޭ މުހައްބަތެއިން"ގެ އެކްޓްރެސް ދިވްޔާންކާ ތުރިޕާޓީ ދަހިޔާ އާންމުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދައިފައި ވަނީ އެ ސީރީޒްގައި "އިޝިތާ ބައްލާ"ގެ ރޯލުންނެވެ. ޓެލިވިޒަން ދުނިޔޭގައި މިހާރު ފައިތިލަ ސާބިތުކޮށް، އެތައް ބައެއްގެ ލޯތްބާއި ސަޕޯޓު ލިބިފައިވާ ދިވްޔާންކާ މިހާރު ހުރީ "ޚަތުރޯކާ ކިލާޅީ11" ނިންމައިލުމަށް ފަހު އެނބުރި އިންޑިއާއަށް ދާން ތައްޔާރުވެގެންނެވެ.

ދިވްޔާންކާއަކީ މޮޅު އެކްޓްރެސްއެއް ކަމަށް އެތައް ބަޔަކު ގަބޫލު ކުރި ނަމަވެސް، މީގެ ކުރިން އޭނަ ވަނީ ވަރަށް ގިނަ ބޮޑެތި ޝޯތައް ކުޅެން ދެކޮޅު ހަދައިފައިކަން ގިނަ މީހުންނަކަށް ނޭނގެއެވެ.

ދިވްޔާންކާ ކުޅެން ދެކޮޅު ހެދި ބައެއް ނަން މަޝްހޫރު ޝޯތަކުގެ ތެރޭގައި "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"، "ކުޗް ތޯ ލޯގް ކަހެނގޭ" އަދި "ކިޔާ ހުއާ ތޭރާ ވާދާ" ވެސް ހިމެނެއެވެ.

ރާހުލް ތުނބުޅި ބޭލުން ދިޝާއަކަށް ކަމަކު ނުދިޔަ

"ޚަތުރޯކާ ކިލާޅީ11" ގައި ޓޮޕް 5 ވަނައިގައި ހިމެނޭ އެކްޓަރު ރާހުލް ވޭދްޔާއަށް މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ފޭނުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ. ނަމަވެސް ތުނބުޅި މަތިމަސް ބެހެއްޓުމުން ރާހުލް ވަރަށް "ހޮޓް"ކަމަށް ދުއް ބައެއް މީހުން މިހާރު އެންމެ ގިނައިން އޭނާއާ ކުރާ އެއް ސުވާލަކީ، އޭނާ ތުނބުޅި ބޭލީ ކީއްވެތޯއެވެ.

ތުނބުޅިއާ ބެހޭގޮތުން ސުވާލު ކުރި މީހުންގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ދިޝާ ޕަރްމާރް ވެސް ހިމެނެއެވެ. ތުނބުޅި ބޭލުމުން ރާހުލް އެހާ ރީތި ނޫންކަން ހާމަ ކުރަމުން ދިޝާ އެހީ ތުނބުޅި ބޭލީ ކީއްވެތޯއެވެ. އެއަށް ޖަވާބު ދެމުން ރާހުލް ބުނީ އޭނާ ތުނބުޅި ބޭލީ އުމުރުން 20 އަހަރުގެ ޒުވާނެއްގެ ގޮތުގައި ފެނުމަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!