އަލީ ވަހީދު ދިރިއުޅުއްވަނީ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވައިފި

ޖިންސީ ގޯނާގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވަނީ އެ ގައުމުގައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް އެ ޤައުމަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ދޮގު ކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައި ވަނިކޮށް، އަލީ ވަހީދު ފުރައިގެން ބޭރަށް ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލު ކުރުމާ ގުޅިގެންނެވެ.
ބޭސް ފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ނަމަވެސް އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައިކަން އެނގިފައިވެއެވެ. އަދި ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވަނީ އޮންލައިންކޮށެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު ހުންނެވީ އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެެއްވަމުން ޑރ. ފަރަހަނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ "100 ޕަސެންޓް ބޮޑު ދޮގެއް" ކަމަށާއި އެފަދަ ވާހަކަތައް ފަތުރަނީ އެމްބަސީގެ މުވައްޒިފުންގެ އަގު ވައްޓައިލަން ކަމަށެވެ.
ޠިވަކިކަކުދޮގުހަދަނި
ތިހަހަމަދުދިންނޭއެށްބަޔެކޭދުވަހަކުތީގެންމީހަގުތެދެއްނުބުނާނެބޯއިންދަފެނުނަސްމިތާއިނީދޯކެޔަސްކޭވާހަކަދޮގެއްފުރުވާލިކަންކަންއެގުނީގޭގަނެތީމަ!ދިޔަތަންވެސްއެގުނީހޯދާހޯދާވަރުބަލިވިފަން؟ގޭދަށުމީހުންފަރާތުން(ދެންއަތްޖަހާ)