ބޮލީވުޑް

‘’އިމަޖެންސީ" ކުޅެން ކަންގްނާ "އިންދިރާ ގާންދީ"އަށް ވަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ"ގައި އޭނާ ފެނިގެންދާނީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Hajj Corporation

ސައި ކަބީރް ޑައިރެކްޓް ކުރާ ފިލްމް އިމަޖެންސީއަށް ތައްޔާރުވުމުގެ ގޮތުން ކަންގަނާ ވަނީ އޭނާގެ ގައިގެ ކުލަ އިންދިރާ ގާންދީގެ ގައިގެ ކުލައަށް ބަދަލުކުރުމަށް ސްކޭނެއް ކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ކަންގަނާ ވަނީ ފިލްމް އިމަޖެންސީގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ މަނިކަރނިކާ ފިލްމްސްއަށް ގޮސް ޝޫޓިން ފެށުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވެފައެވެ.

މިއީ ސައި ކަބީރްއާ އެކު ކަންގަނާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން ސައި ކަބީރް ވަނީ ކަންގަނާގެ "ރިވޯލްވަރ ރާނީ"ވެސް ޑައިރެކްޓްކޮށްފައެވެ.

ފިލްމް "އިމަޖެންސީ" މަސައްކަތް ކުރިއަށް އޮތްއިރު ކަންގަނާގެ "ތަލައިވީ" ވެސް ވަނީ ރިލީޒް ކުރުމުގެ މަގުމަތީގައެވެ. މިފިލްމަކީ އިންޑިޔާގެ ޕޮލިޓީޝަން ޖޭ ޖަޔަލަލީތާގެ ހަޔާތުގެ މައްޗައް ހަދައިފައިވާ ފިލްމެކެވެ. މިފިލްމްގެ ތަމަޅަ ވާރޝަން ވެސް ވަނީ ނެރެފައެވެ.

ކާމިޔާބު އެކްޓްރެސް ކަންގަނާއަކީ ފިލްމް "ގޭންގްްސްޓަރ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރެކެވެ. 2006 ވަނަ އަހަރު ނެރުނު މިފިލްމުގައި އޭނާއާ އެކު ފެނިގެންދިޔައީ ސިނޭ އަހުޖާއާއި އިމްރާން ހާޝިމީއެވެ.

ކަންގަނާގެ ކާމިޔާބު ފިލްމްތަކަށް ބަލާލާއިރު "ތަނޫ ވެޑްސް މަނޫ"އާއި "ރަންގޫން" އަދި "ކުއީން" ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!