ބޮލީވުޑް

ޝާހްރުކް ޚާން ފެނިފައި ހޭ ނުނެތުނީ ކިރިޔާ: ޝާރިބް ހަޝްމީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޝާހްރުކްހާން އެންމެ ފުރަތަމަ ފެނުނު ފަހަރު "ހޭ ނުނެތުނީ" ކިރިޔާ ކަމަށް "ފެމެލީ މޭން 2"ގެ އެކްޓަރ ޝާރިބް ހަޝްމީ ބުނެފިއެވެ.

Ads by MWSC

ޝާރިބް ބުނީ ޝާހްރުކްއާ އެންމެ ފުރަތަމަ ދިމާވީ ފިލްމު "ޖަބް ތަކް ހޭ ޖާން"ގެ ޝޫޓިންގގެ ތެރެއިން ކަމަށާއި އެދުވަހަކީ އަބަދު ވެސް ހާއްސަ ދުވަހަކަށް ވާނެ ކަމަށެވެ.

"އަހަރެން ޝޫޓިންއަށް ދިޔަ ފުރަތަމަ ދުވަހު ފިލްމުގެ ސީންއެއް އެސިސްޓެންޓް ޑައިރެކްޓަރާ އެކު ރިހާސް ކުރަން ހުއްޓާ އެތާ ޝާހްރުކް ހުއްޓާ ފެނުނީ. އޭނަ އައިސް ބުނީ އަހަންނަކީ ޝާހްރުކްއޭ. އަހަރެން ކިރިޔާ ހޭ ނުނެތުނީ" އިންޑިޔާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ޝާރިބް ބުންޏެވެ.

އެމޭޒަން ޕްރައިމްއިން ދައްކާ ސީރީޒް "ފެމެލީ މޭން2" ގައި އަރަމުން އަންނަ ތަރި ޝާރިބް ، ވަނީ ފެނިގެން ގޮސްފައެވެ. އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުން މި ސީރީޒުން ޝާރިބް ފެނިގެން ގޮސްފައިވާއިރު ޝާރިބްގެ އިތުރުން މި ސީރީޒުން ފެނިގެންދަނީ މަނޯޖް ބަޖްޕާއި، ސަމަންތާ އަކިނެނީ، ސީމާ ބިސްވާސް، ދަރްޝަން ކުމާރު އަދި ޝަރަދް ކެލްކަރއެވެ.

ފިލްމް "ސްލަމްޑޯގް މިލިޔަނަރ" ފަދަ ކާމިޔާބު ފިލްމްތަކުން ފެނިގެންގޮސްފައިވާ ޝާރިބްގެ އިތުރު ފިލްމުތަކަށް ބަލައިލާއިރު "ފިލްމިސްތާން" "ބަދްމާޝިޔާ" އަދި "ދަރުބާން" ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!