ޚަބަރު

މި ޤައުމު ސަލާމަތް ކުރެވޭނީ ޤާނޫން ތަންފީޒު ކުރުމަށް މަސައްކަތް ކޮށްގެން: ނިހާދު

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ޤައުމު ސަލާމަތް ކުރެވޭނީ މުއައްސަސާތައް އެކުއެކީ ގުޅިގެން ނިކުމެ ޤާނޫން ތަންފީޒު ކުރުމަށް މަސައްކަތް ކޮށްގެން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނިހާދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ މީހުން މެރުމާއި، ވައްކަން ކުރުމާއި ޑްރަގް ވިޔަފާރި ފަދަ ކަންތައްތައް ކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ނިހާދު ވިދާޅުވީ ތަންފީޒީ އިދާރާތަކުން ހަރުދަނާ މަސައްކަތެއް ކުރަންޖެހޭ ކަމަށާއި ޑްރަގް ވިޔަފާރިއާއި ހަށި ވިއްކުމާއި ހައްދުފަހަނައަޅައި ގޮސް މީހުން މެރުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ނިހާނު މިފަދައިން ވިދާޅުވެފައިވާއިރު ގައުމު ސިއްސުވާލި ހަބަރަކަށް ވެގެން ދިޔައީ 13 އަހަރުގެ ކުޑަ ކުއްޖަކު ރަހީނުކުރުމަށް ފަހު އިހާނެތިކޮށް މަރައިލި ޚަބަރެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށައަޅައިފައެވެ. މިމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ވަނީ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ކުއްޖާ މަރައިލި މައްސަލައިގައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާ 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ.

Ads by HDC
  1. ރަދީފް

    މި ޤައުމު ސަލާމަތް ކުރެވޭނީ ނިހާދުމެން ފަދަ ނުކިޔަވާ ތިބި ކަނޑުކޮހުން ހުރިހާ މުއައްސަސާ ތަކުން ބޭރުކޮށް އިހްލާސްތެރި ބަޔަކު މަގާމްތަކަށް ގެނެވިގެން.އެނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ.ނިހާދު ނިކަން ލޯގަނޑުގެ ކުރިމަތީގަ ހުރެ ސުވާލުކޮއްލަބަލަ ތިމަންނާ އަސްލު މިއީ މަޖްލިހުގަ އިންނަން ކުފޫ ހަމަވާ މީހެއް ތޯ.އެހެންވީމަ ކަންކަން އިސްލާހުކުރަން ހިނގާ ދޯ ކާރިން ފަށަމާ.ދެން ކަލޭ އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ.ލަދު ކޮބާ؟ ވ.ވެދުން

  2. ބިރުބޮޑު

    މިޤައުމުގެ އިޖްތިމާއީ ފޭރާން ހަލާކުކޮލީ އެމްޑީޕީއޭ ކިޔާ ބައިގަނޑެއް އުފަށްދައިގެން މުޅިގައުމު ހަލަބޮލަކުރީ އެމްޑީޕީއަށް ނިސްބައިވާމީހުން އޮޅުވައިނުލެވޭނެ ވަރަށްސާފް