ބޮލީވުޑް

ރިތިކްގެ "ކްރިޝް4" އަންނަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރިތިކް ރޯޝަންގެ ފްރެންޗައިޒް ފިލްމް ކްރިޝްގެ ފުރަތަމަ ފިލްމު ނެރުނުތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފޭނުންނަށް އުފާވެރި ޚަބަރެއް ދީފިއެވެ.

Ads by Sosun Fihaara

ކްރިޝްއަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ކޮށްފައިވާ ފޯސްޓެއްގައި ވަނީ ކްރިޝްގެ 4 ވަނަ ފިލްމް "ކްރިޝް4" އަންނަން އުޅޭކަމަށް ބުނެފައެވެ. ކްރިޝްގެ ފުރަތަމަ ފިލްމް އަޅުވައިފައި ވަނީ 2006ވަނަ އަހަރުއެވެ.

"ކޮއި މިލް ގަޔާ"ގެ ޕްރިކްއެލްއެއްގެ ގޮތުގައި ނެރުނު "ކްރިޝް"އަކީ މި ޕްރިކުއެލްގެ ދެވަނަ ފިލްމެވެ. ދުނިޔެއަށް އަންނަ އޭލިއަނެއްގެ ފަރާތުން ލިބޭ ބާރެއް ޖީލުތަަކަށް ދެމިގެން އަންނަ ގޮތަށް ދައްކުވައިދޭ މި ފިލްމު ސީރީޒްއަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމް ސީރީޒެކެވެ. މި ފިލްމް ސީރީޒް ޑައިރެކްޓްް ކުރަނީ ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަންއެވެ.

ފިލްމު ސީރީޒް އެކިއެކި ބައިތަކުގައި މުހިއްމު ރޯލުތަކުން ފެނިފައިވާ ތަރިންގެ ތެރޭގައި ރޭކާ، ޕްރިޔަންކާ ޗޯޕްޅާ، ޕްރިތީ ޒިންތާ، ކަންގަނާ ރަނައުޓް އަދި ވިވެކް އޯބްރޯއި ފަދަ ތަރިން ހިމެނެއެވެ.

ކްރިޝްއަށް 15 އަަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ،  ފިލްމްގައި ކްރިޝްގެ ބައިވެރިޔާގެ ރޯލް އަދާކޮށްފައިވާ ޕްރިޔަންކާ ޗޯޕްޅާ ވެސް ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓެއް ކޮށްފައެވެ. މިޕޯސްޓުގައި ޕްރިޔަންކާގެ ހިތުގައި ކްރިޝްއަށް އޮތް ލޯބި ވަނީ ހާމަކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!