ބޮލީވުޑް

ސަމަންތާ ، އޭނާއާ އެކު ފިލްމެއް ކުޅެން ބޭނުންވާ ތަރިއަކީ ލެޖެންޑަރީ އެކްޓަރެއް ނޫން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަރަމުން އަންނަ ތަރި ސަމަންތާ އަކިނެނީ ، އޭނާއާ އެކު ފިލްމެއް ކުޅެން އެންމެ ބޭނުންވާ ބޮލީވުޑްގެ ފަންނާނުގެ ނަން ބުނެ ފޭނުން ހައިރާން ކޮށްލައިފިއެވެ.

Ads by STELCO

އެމޭޒަން ޕްރައިމް މެދުވެރިކޮށް ދަައްކާ ސީރީޒް "ފެމެލީ މޭން 2" ގައި ހަރަކާތްތެރިވަމުން އަންނަ ސަމަންތާ ބުނީ އޭނާ އެންމެ ފިލްމް ކުޅޭ ހިތްވަނީ ރާޖް ކުމާރް ރާއޯއާ އެކު ކަމަށެވެ.

ރާޖް ކުމާރ ރާއޯ

"ރާޖް ކުމާރް ރާއޯއަކީ ވަރަށް ފެންޓާސްޓިކް ފަންނާނެއް. އޭނަ ކުޅޭ ފިލްމްތައް އަހަންނަށް ވަރަށް ކަމުދޭ. އަހަރެން މިހާރު މި އިންތިޒާރު ކުރަނީ ދެން އޭނާ އެންމެ އަވަހަށް ފެންނާނެ ފިލްމަކަށް" ކަައިރި މުސްތަގުބަލެއްގައި ބޮލީވުޑަށް ނުކުންނާނެކަމަށް ބެލެވޭ ސަމަންތާ ބުންޏެވެ.

މިވަގުތު މަނޯޖް ބަޖްޕާއިއާ އެކު "ފެމެލީ މޭން2" ގައި މަސައްކަތް ކުރަމުންދާ ސަމަންތާއަކީ ޓެމިލް އަދި ޓެގްލޫ ފިލްމްތަކުން ފެންނަ މަޝްހޫރު ފަންނާނެކެވެ. ކާމިޔާބު ސީރީޒް "ފެމެލީ މޭން2" ގައި ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ޝާރިބް ހަޝްމީ އަދި ޕްރިޔަމަނީ ހިމެނެއެވެ.

ބޮލީވުޑްގެ ފިލްމެއް އަދި ނުކުޅުނު ކަމުގައި ވިޔަސް އުމުރުން 34 އަހަރުގެ ސަމަންތާ ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. މީގެ ތެރޭގައި "ޖާނޫ" "24" "އޯ ބޭބީ" އަދި "މަޖިލީ" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!