ޚަބަރު

ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން: ރައީސް މައުމޫން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ވީ ނިއުސް

ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިން މަޑުމައިތިރިކަމާ އެކު ރީތި ބަހުން ވާހަކަ ދެއްކުމަށް ގުރުއާނުގެ އެތައް އާޔަތެއްގައި ސާފުކޮށް އެނގެން އޮތް ކަމަށެވެ.

"ދީނުގެ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން. ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން މިކަން ސާފުކޮށް އެނގެން އެބައޮތް." ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންގެ ރައުޔު އާއްމުކުރުމުން ބިރު ދައްކައި ފިއްތުންތައް ކުރިމަތި ކުރާކަމަށް ބުނެ އިލްމްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ދީނީ އިލްމުވެރިންނަށް ބިރު ދެއްކުމާއި، އެބޭފުޅުންގެ ޝަރުއީ ޒިންމާ އަދާ ކުރުމަށް ހުރަސް އަޅަން އިންތިޒާމް ކުރާ ހަރަކާތްތައް ހުއްޓައިލާން ރައްޔިތުންގެ އިއްތިހާދުން ވެސް ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުމަށް ފިޔަވަޅު ނޭޅޭ ކަމަށާއި ދީނީ އިލްމުވެރިއަކަށް ފެންނަ ރައުޔެއް ވިދާޅުވުމުން ބިރު ދައްކައި ކަންކަން ކުރާކަމަށް ޑރ ޝަހީމް ވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، ގާނޫނެއް ފާސްކޮށްގެން ، ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތަކެއް އޮންނަ ހިސާބަށް ގޮސްގެން ނުވާނެކަމަށާއި މަޖިލީހާއި ދީނީ ބޭފުޅުންނާ މެދުގައި ސުލްހަވެރި ހައްލަކަށް އާދެވެން ޖެހޭނެކަމަށް ރަައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ވެސް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ލަބީޤް މުޙައްމަދު މާހިދު

    މިހާރަކަށް އައިސް މި ރާއްޖޭގެ ބައެއް ދީނީ ޝޭޚުންނޭ މިކިޔާ މީހުންގެ ބަސްމަގު ހުންނަނީ ވަރަށް ބާޒާރުމަތީ ބަހުރުވައަކުން. އަަސްލު ދީނީ ޢިލްމުވެރިން އެބޭފުޅުންގެ ޤަދަރު ހިފަހައްޓަވާނަމަ، ހައުދަހައިވާ ރަނގަޅޭ ހިތަށް އަރާ.
    މީ އަޅެ ގޯސް ވާހަކައެއްތޯ؟

  2. ޓަކި މޫނާ

    މައުމޫން ދީނީ ކަންކަމަށް ވާހަކަ ދައްކާކަށް އެއްވެސް ވަރަކަށް މިހާރު ރަނގަޅެއް ނޫން.ކަންކަމުގަ ދައްކަވާފަ ހުރި ވާހަކަތަށް ވަރަށް ގޯސްކޮށް ހުންނެވީ. މަނިކްފާން ގޭގަ މަޑުން ހުންނަވާކަށް އަދިވެސް ނުވޭތަަޯ؟