ބޮލީވުޑް

ރޭޕްގެ ތުހުމަތާބެހޭ ގޮތުން ޕާރލް ވާހަކަ ދައްކައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުޑަކުއްޖެއް ރޭޕް ކުރި ކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 4 ވަނަ ދުވަހު ހައްޔަރުކުރި އިންޑިޔާގެ ޑްރާމް ސީރީޒްގެ ތަރި ޕާރލް ޕޫރީ އޭނާއާ މެދު ކުރެވުނު ތުހުމަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފިއެވެ.

Ads by MWSC

ތުހުމަތުތަކާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކައިފައި ވަނީ އޭނާގެ ޓީމްގެ އިންސްޓަގްރާމް ހޭންޑްލްގައެވެ، މިގޮތުން މާމަ ނިޔާވިތާ ދުވަސްކޮޅެއްފަހުން މަންމައަށް ކެންސަރު ޖެހިފައިވާކަން އެނގުނު ކަމަށާއި އެއާ އެކު ރޭޕްގެ ބިރުވެރި ތުހުމަތެއްް އެޅުވި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިދިޔަ ދުވަސްތަކުގައި އުޅުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އިހުސާސް ކުރެވުނީ ކުށްވެރިއެއްކަމުގައި ކަމަށް ޕާރލްގެ ސްޓޭޓްމެންޓްގައި ބުނެފައިވެއެވެ. ޕާރލް ބުނި ގޮތުގައި ތުހުމަތުގެ ސަބަބުން އޭނާ އަދިވެސް ހުރީ ޝޮކެއްގައެވެ.

އެހެން ނަމަވެސް އުނދަގޫ ވަގުތުގައި އެކުވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޕާރލް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ފޭނުންނާއި ރައްޓެހިންގެ ހެޔޮދުއާއާއި ލޯތްބަކީ އޭނާގެ ކުރިއެރުމުގެ އަސްލުކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް ހެޔޮ އެދުނު ފަރާތްތަކަށް، އެކުވެރިންނަށް، ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދިން ސަޕޯޓާއި ބެހެއްޓި ގާތްކަމަށް. ގާނޫނަށް އަހަރެން އިތުބާރު ކުރަން. އަހަންނަށް ހެޔޮ ދުއާ ކޮށްދީ" ޕާރލް ބުނެފައިވެއެވެ.

ޑްރާމާ ސީރީޒް ނާގިން 3އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ޕާރލް ރޭޕްގެ ތުހުމަތުގައި  ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯ ސްޓާރެއްގެ ދަރިއަކު ރޭޕް ކުރިކަމުގެ ތުހުމަތުގައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެއާ އެކު ޕާރލްގެ ދިފާއުގައި ވަނީ ގިނަ ފަންނާނުންތަކެއް ނުކުމެ، އޭނާއާ މެދު ކުރަނީ ދޮގު ތުހުމަތެއްކަމަށް ބުނެފައެވެ. ޕާރލްގެ ދިފާއުގައި ނުކުތް ސެލެބްރިޓީންގެ ތެރޭގައި އެކްތާ ކަޕޫރު، އަނީތާ ހަސަނަންދާނީ، ޝުރްބީ ޖޯތީގެ އިތުރުން ކަރިޝްމާ ތަންނާ ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!