ބޮލީވުޑް

ނިއުމޯނިޔާޖެހި ނަސީރުއްދީން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނިއުމޯނިޔާ ޖެހި ބޮލީވުޑްގެ ތަރި ނަސީރުއްދީން ޝާހް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

Ads by STELCO

ގިނަ ފިލްމްތަކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދައިފައިވާ ނަސީރުއްދީން ހޮސްޕިޓަލުގައި އެޑްމިކޮށްފައިވާއިރު އޭނާގެ އަންހެނުންނާއި އާއިލާ މިވަގުތު ތިބީ ހޮސްޕިޓަލުގައި ކަމަށް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮޮށްފައެވެ. ނަސީރުއްދީންގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ މެނޭޖަރު ބުނީ ހާލު ގޯސްވެ އެޑްމިޓް ކޮށްފައި ވިޔަސް މިވަގުތަށް ހާލު ރަނގަޅުކަމަށެވެ.

"ނިއުމޯނިޔާ ޖެހި މޭގެ އިންފެކްޝަން ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ މިހާރު ދެ ދުވަސް. އެކަމަކު މި ވަގުތަށް ހާލު ރަނގަޅު. ހުރިހާ ފަރުވާއަކަށް ވެސް ރެސްޕޮންޑް ކުރޭ" ނަސީރުއްދީނުގެ މެނޭޖަރު ބުންޏެވެ.

އުމުރުން 70 އަހަރުގެ ނަސީރުއްދީނަކީ ކާމިޔާބު ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ތަރިއެކެވެ. ނަސީރުގެ ފާހަގަކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި "ދަ ޑާރޓީ ޕިކްޗާ" "މާސޫމް" އަދި "ވެނިސްޑޭ" ފަދަ ފިލްމްތައް ހިމެނެއެވެ.

މިދިޔަ 2020 ވަނަ އަހަރު އޭނާވަނީ އޮންލައިންކޮށް ސްޓްރީމް ކުރި ދެ ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ "މީ ރަގްސަމް" އަދި "ބެންޑިސް ބެންޑިތު" ނަމަކަށް ކިޔާ ދެފިލްމުންނެވެ.

ހާލުބޮޑުވެ ނަސީރުއްދީނު އެޑްމިޓް ކުރިދާ ދެދުވަސްވެފައިވާއިރު އޭނާއަށް ދަނީ ގިނަބަޔަކު ހެޔޮ ދުޢާގެ މެސެޖްތައް ފޮނުވަމުންނެވެ. މިގޮތުން ބޮލީވުޑް ފަންނާނުންނާއި އޭނާގެ ފޭނުން ދަނީ ހެޔޮދުއާގެ މެސެޖްތައް ފޮނުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!