ބޮލީވުޑް

އަރްޖުންގެ ދެން އޮތް ޓާގެޓަކީ "ބިގް ބޮސް"ތަ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސަލްމާން ހާން ހުށައަޅައިދޭ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 15ވަނަ ސީޒަނަށް ބެލުންތެރިން ކެތްމަދުވެފައިވާއިރު މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ބިގް ބޮސް ސީޒަން 15ގައި ފެނިގެންދަނީ ކޮން ތަރިންނެއްތޯ ކުރެވޭ ސުވާލު ކުރެވި ދެކެވެމުންދާ ވާހަކަތަކެވެ.

Ads by STELCO

ރިޕޯޓްތައް ބުނާގޮތުން "ކަތުރޯންކީ ކިލާޅީ 11" އިން އެންމެފަހުން ފެނިގެން ދިޔަ އަރްޖުން ބިޖްލާނީ ވަނީ "ބިގް ބޮސް" ސީޒަން 15 ކުޅެން ސޮއިކޮށްފައެވެ.

ކަލާސް ޗެނަލުން ގެނެސްދޭ ސީރީޒް "ނާގިން ސީޒަން 2" އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި އަރްޖުން ބިޖްލާނީ "ބިގް ބޮސް 15" އިން ފެނިގެން ދާނެކަމުގެ އުފާވެރި ހަބަރު މިވަނީ ފޭނުންނަށް ވެސް ދީފައެވެ.

"ބިގް ބޮސް"އަށް އައުމާ ދޭތެރޭ އަރްޖުން ވަނީ މީގެ ކުރިން ވެސް ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ބޭނުން ވަނީ ތަފާތު ކެރެކްޓާއެއް ކުޅެން ކަމަށާއި ރިއަލިޓީ ޝޯތަކަކީ ކުޅޭ ހިތްވާ ޝޯ ތަކެއް ކަމަށެވެ.

"ކަތުރޯންކީ ކިލާޅީ" ނިންމުމަށް ފަހު އިންޑިޔާއަށް އެނބުރި އައިސް އޭނާ މިހާރު ވަނީ ކަރަންޓީން މުއްދަތު ހަމަކޮށް ގެއަށް ގޮސްފައެވެ. އެހެންކަމުން ދެން އެންމެ އަވަހަށް އަރްޖުން ފެނިގެން ދާނީ "ބިސް ބޮސް ސީޒަން 15" އިންކަމަށް ލަފާކުރެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!