ބޮލީވުޑް

ލިސާއަށް 3 ވަނަ ދަރިއަކު ލިބިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެކްޓަރ އަދި މޮޑެލް ލިސާ ހޭޑަން 3 ވަނަ ދަރިފުޅު ވިހައިފިއެވެ.

Ads by Hajj Corporation

މިކަން އޭނާ ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް ފޭނަކު ކުރި ކޮމެންޓަކަށް ރިޕްލައިކޮށް އޭނާ ބުނެފައި ވަނީ އޭނާގެ 3 ދަރިން އޭނާގެ އަތުތެރޭގައި ތިބިކަމަށެވެ.

ލިސާއާއި ފިރިމީހާ ޑިނޯ ލަލް މީގެ ކުރިން ދިން އިންޓަރވިއުއެއްގައި ބުނެފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު 3 ވަނަ ދަރިއަކު ލިބޭނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އޭނާގެ ރަސްމީ އެއްވެސް އެކައުންޓަކުން އެކަން އިއުލާނުކޮށްފައި ނުވުމުން ފޭނަކު ވަނީ އޭނާގެ 3 ދަރިން ކޮބައިތޯ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ “އިން މައި އާރމްސް" (އަހަރެންގެ އަތުގެ ތެރޭގައި) ކަމަށް ބުނެ އެކޮމެންޓަށް ރިޕްލައިކޮށްފައެވެ.

ލިސާއާއި ޑިނޯގެ ފުރަތަމަ ދަރި ޒެކް ލިބިފައި ވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ދެތިން އަހަރު ފަހުން އެމީހުންގެ ދެވަނަ ދަރިފުޅު ލިއޯ ވަނީ ލިބިފައެވެ. މިފަހަރު ލިސާއަށް ލިބުނީ އަންހެން ކުއްޖެކެވެ.

އުމުރުން 35 އަހަރުގެ ލިސާގެ ކާމިޔާބު ފިލްމްތަކަށް ބަލައިލާއިރު "ހައުސްފުލް 3"، "ކުއީން"، "އައިޝާ" އަދި "ރާސްކަލް"ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!