ސިދާތް މަލޯތްރާ މިހާރު ތައްޔާރުވަމުންދަނީ “ތޭންކް ގޯޑް” ފިލްމަށް

މަސައްކަތްތައް ހުއްޓިފައި އޮތް ސިދާތް މަލޯތްރާ ލީޑްރޯލުން ފެނިގެންދާ ފިލްމު "ތޭންކް ގޯޑް" ގެ މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެއެވެ.
މި ފިލްމުގެ ލީޑް ރޯލުން ސިދާތް ފެނިގެންދާއިރު އޭނަގެ އިތުރުން އަޖޭ ދޭވްގަން އަދި ރަކުލް ޕްރީތު ސިންގު ވެސް ފެނިގެންދާނެއެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައެވެ.މި ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ ކުރަމުންނެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އިންދްރާ ކުމާރުއެވެ. ސިދާތުގެ އިތުރުން އަޖޭ ދޭވްގަން އަދި ރަކުލް ޕްރީތު ސިންގު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މިއީ އަޖޭ ސިދާތުއާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ސިދާތްގެ އިތުރުން އަޖޭ ވެސް ވަނީ ޓްވިޓާގައި މި ފިލްމުގެ މަސައްކަތް ފަށަން އުޅޭކަމުގެ މަޢުލޫމާތު އާންމުކޮށްފައެވެ. ސިދާތް ބުނީ އޭނާ ހުރީ ޝޫޓިންތައް ނުފަށައިގެންކަމަށެވެ. "ތޭންކް ގޯޑް" ގެ އިތުރުން ސްޕައި ތްރިލަރ ފިލްމު "މިޝަން މަޖްނޫ"އަކީ ވެސް ސިދާތުގެ ކުރިއަށް އޮތް ފިލްމެކެވެ.