ޚަބަރު

ފޮނަދޫން 1385 ސުންކު ނަގައިފި، މިއަދު ފައްސިވީ އެންމެ މީހެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
Fonadhoo ފޮނަދޫ ލާމު laamu
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.

ލ. ފޮނަދޫން ކޮވިޑަށް މިއަދު ފައްސިވީ އެންމެ މީހެއް ކަމަށް ކަމަށް ފޮނަދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސިއްހީ މަރުކަޒުން މިއަދު ނެރުނު ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު މިހާތަނަށް އެރަށުން 1385 ކޮވިޑް ސުންކު ނަގައިފައިވެއެވެ. މިހާތަނަށް 67 މީހަކު އެ ރަށުން ކޮވިޑަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 49 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ.

ފޮނަދޫ ސިއްހީ މަރުކަޒުން އާއްމު ކުރި އަދާހަމަތަކުން ދައްކާ ގޮތުގައި 1385 ކޮވިޑް ސުންކުގެ ތެރެއިން 1314 ސުންކު ވަނީ ބައްޔަށް ނައްސިވެފައެވެ.

މީގެ އިތުރުުން ނަަތީޖާ ނުލިބޭ 04 ސުންކެއް ވާއިރު ފޮނަދޫގައި މިވަގުތު ހަރަކާތްތެރި 18 ވޭދަނައެއް އެބައޮތެވެ.

ލ. އަތޮޅު ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު އެއަތޮޅުން މިބަލީގައި މިހާތަނަށް 8 މީހަކު ވަނީ ނިޔާވެފައެވެ.އެއީ ގަމުން ނިޔާވި 3 މީހަކާއި މާވަށުން ނިޔާވި ދެމީހުންނާއި މާންދޫއިން ނިޔާވި މީހަކާއި ކަލައިދޫއިން ނިޔާވި މީހެއްގެ އިތުރުން ހިތަދޫއިން ނިޔާވި މީހެކެވެ.

ރާއްޖޭގެ ކޮވިޑް19ގެ ހާލަތު ރަނގަޅުވަމުންް އަންނައިރު ބަލީގެ ނުރައްކާ ބޮޑުވުމުން ފިޔަވަޅުތައް ހަރުކަށި ކުރުމަށް ފަހު މިހާރު ވަނީ ފިޔަވަޅުތަކަށް ލުއި ދީފައެވެ. މިގޮތުންް ބަލިން ރަނގަޅުވާ މީހުންނަށް ބަލި ޖެހުނުތާ 60 ދުވަސްތެރޭ ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ އުސޫލެއް ވަނީ ތަންފީޒު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!