ބޮލީވުޑް

އާމިރުއާއި ކިރަންގެ 15 އަހަރުގެ ގުޅުން ނިމުމަކަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާމިރު ޚާނާއި ކިރަން ރާއޯގެ 15 އަހަރުވީ ކައިވެނި ރޫޅައިލައި ދެމީހުން ވަކިވާން ނިންމިކަން އިއުލާނުކޮށްފިއެވެ.

Ads by STELCO

މިކަން އިއުލާނުކޮށް އެ ދެ މީހުންގެ ފަރާތުން ވަނީ ސްޓޭޓްމެންޓެއް ނެރެފައެވެ. ވަކިވި ނަމަވެސް އެ ދެ މީހުންގެ ދަރިފުޅުގެ ކަންކަން ކުރުމުގައާއި ޖޮއިންޓް ޕްރޮޖެކްޓްތަކުގައި އެކުގައި މަސައްކަތް ކުރާނެކަމަށް މިސްޓޭޓްމެންޓްގައި ވަނީ ބުނެފައެވެ.

"މިދިޔަ 15 އަހަރުގައި އަހަރުމެން ވަނީ އުފާވެރި ހިތްހަމަޖެހޭ ތަޖްރިބާތަކެއް ހިއްސާކޮށްފައި. ފެށިގެން މިދަނީ ދިރިއުޅުމުގެ އާ ބާބެއް. އަނތްބަކާއި ފިރިއެއްގެ ގޮތުގައެއް ނޫން. އެކަމަކު ކޯ ޕޭރެންޓިންއެއްގެ ގޮތުގައި އަދި ދަރިފުޅަށް އުފާވެރި އާއިލާއެއް ހޯދައި ދިނުމުގެ ގޮތުން" ވަކިވާން ނިންމިކަން އިއުލާނުކޮށް މިދެމީހުންގެ ނެރުނު ސްޓޭޓްމެންޓްގައި ވަނީ ބުނެފައެވެ.

އުމުރުން 56 އަހަރުގެ އާމިރު ޚާންއާއި 47 އަހަރުގެ ކިރަން ރާއޯ އެންމެ ފުރަތަމަ ދިމާވީ 2001ވަނަ އަހަރުގައެވެ. ކައިވެނީގޮތުން ގުޅުނީ އޭގެ ހަތަރު އަހަރު ފަހުންނެވެ.

އާމިރު ވަނީ ކިރަންއާ ކައިވެނި ކުރުމުގެ ކުރިން އެހެން މީހަކާ ވެސް ކައިވެނިކޮށްފައެވެ. ރީނާ ދައްތާ ނަމަކަށް ކިޔާ އެމީހާއާ އާމިރުއަށް ވަނީ ދެ ކުދިން ލިބިފައެވެ.

ބޮލީވުޑްގެ ނުފޫޒު ގަދަ ތަރިއެއް ކަމަށްވާ އާމިރު ޚާނަކީ ބޮލީވުޑްގެ އެންމެ ބޮޑު ފޭން ބޭސް އޮންނަ ފަންނާނުންގެ ތެރެއިން އެއް ފަންނާނެވެ. އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!