ބޮލީވުޑް

ހިތް ހަލާކުވި ވަގުތު އެހީވީ ސަލްމާން: އާމިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާމިރު ޚާނާއި ކިރަން ރާއޯގެ ކައިވެނި ނިމުމަކަށް ގެނައިކަން އިއުލާނުކޮށްފަައި ވާއިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ 15 އަހަރުގެ ކައިވެނި ނިމުމަކަށް ގެނެސް ވަރިއާ އެކު ދެމީހުންގެ ދިރިއުޅުމަށް އަންނާނެ ބަދަލާ އެމީހުން ކުރިމަތިލާނީ ކިހިނެތްތޯ ބެލުމަށެވެ.

Ads by STELCO

ވަކިވިކަން އިއުލާނު ކުރި ސްޓޭޓްމެންޓްގަައި އެމީހުން ބުނީ ވަކިވި ނަމަވެސް މަސައްކަތުގެ ދާއިރާގައި އަދި ދަރިފުޅު އާޒާދުގެ ކަންކަމުގައި ދެމީހުން އެކުގަައި އުޅޭނެ ކަމަށެވެ.

ކިރަންއާއި އާމިރުގެ ކައިވެންޏަކީ އާމިރުގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން އާމިރު ވަނީ ރީނާ ދައްތާއާ ކައިވެނިކޮށް 2002 ވަނަ އަހަރު ރަސްމީކޮށް ކައިވެނި ރޫޅައިލައިފައެވެ. އޭރު އެ ކައިވެންޏަށް ދެ ކުދިން ވެސް ވަނީ ލިިބިފައެވެ.

އެ ވަކިވުމުން އަރައިގަތުމަށް އާމިރުއަށް އެންމެ އެހީވީ ސަލްމާން ޚާން ކަމަށް އޭރު އާމިރު ޚާން ވަނީ ބުނެފައެވެ. އެ ގޮތުން ކަރަން ޖޯހަރްގެ ޗެޓް ޝޯއެއްގައި އާމިރު ބުނީ ސަލްމާން ޚާން އޭނާގެ ދިރިއުޅުމަށް އައީ އެހީތެރިއަކަށް އެންމެ ބޭނުން ވިވަގުތު ކަމަށެވެ.

"ސަލްމާން އަހަރެންގެ ދިރިއުޅުމަށް އައީ އެކުވެރިއަކަށް އެންމެ ބޭނުންވި ވަގުތު. އަހަރެން ރީނާ ވަރިކޮށްގެން އެކަމުން އަރައިގަންނަން އެންމެ ބޭނުން ވެފައި ހުރި ވަގުތު" އާމިރް ބުނެފައި ވެއެވެ.

އެހެންކަމުން މިފަހަރުގެ ވަރިއަށް ފަހު އާމިރުގެ ދިރިއުޅުމަށް އެހީތެރިއަކަށް ސަލްމާން ހާން އައުމަކީ ދުރުގައި އޮތްކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!