ވިޔަފާރި

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރާގުން އެކުންފުނީގެ ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ޖުލައި މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. 

Ads by Hajj Corporation

މި ގެނެވުނު ބަދަލާ އެކު އިތުރު ހަރަދަކާ ނުލާ 40% އާއި %150އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް %100 އާ ހަމައަށް އިތުރު ސްޕީޑް ވެސް ލިބިގެންދާނެއެވެ. ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބައްލަވާލެވޭނެއެވެ. https://bit.ly/3dsNm9a

ދިރާގު ބިޒް ފައިބަރ ޚިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ޚިދުމަތެވެ. އެގޮތުން ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރި ތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށް ވެސް އެންމެ އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80% މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ. ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕެކޭޖްތައް ފުރިހަމަކުރަމުން ގެންދިޔުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!