ޚަބަރު

ރިސޯޓު މުވައްފަޒުންގެ އެކަމަޑޭޝަން އެ ރިސޯޓެއް ކައިރި ރަށެއްގައި އެޅުމަށް ބާރު އަޅަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކު އެ ރިސޯޓެއްގައި ހެދުމަށް ވުރެ އެ ރިސޯޓެއް ކައިރީގައި އޮންނަ ރަށެއްގައި ހެދުމަށް ބާރު އަޅާ ކަމަށް ކަމަށް ޓުރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން މި ކަންތައް މިގޮތަށް ކުރަނީ އެ މުވައްޒަފުން ޑިއުޓީ ނިންމައިލައި ރޭގަނޑު އާއިލާއާ އެކު ގޭގައި ހޭދަކުރެވޭނެ ގޮތް ހެދުމަށް ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އަދި މިހާރު ރިސޯޓުތަކުގައި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކުތައް އެޅުމަށް ވުރެ ކައިރި ރަށްރަށުގައި އެއ މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް މިނިސްޓްރީން ބާރު އަޅާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިން އުސޫލު ހަމަޖެހިފައިވާ ގޮތުުން، ރިސޯޓުތަކުން، އެ ރިސޯޓެއްގައި މަސައްކަތް ކުރާނެ ކަމަށް ލަފާ ކުރެވޭ މުވައްޒަފުންގެ އަދަދަށް ބަލައި އެ ރިސޯޓެއްގައި މުވައްޒަފުންނަށް ތިބެވޭ ގޮތަށް އެކަމަޑޭޝަމް ބްލޮކުތައް ގާއިމް ކުރަން ޖެހެއެވެ. އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކު އެޅުމުގެ ހުއްދައެއް ނުދެއެވެ.

މުވައްޒަފުންގެ މައްސަލަތައް ބައްލަވައި އެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވަން މިނިސްޓަރު މަސައްކަތް ކުރައްވާ ކަން ހާމަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ، މައްސަލަތައް ހައްލު ކުރައްވާނެ ކަމަށާއި މުވައްޒަފުން ޝަކުވާ ހުށަހެޅުމަށް ޚާއްސަ ކުރެވިފައިވާ އީމެއިލްގެ ޒަރިއްޔާއިން މުވައްޒަފުން ހުށަހަޅާ ޝަކުވާތައް އެ އިންޑަސްޓްރީގެ ބައިވެރިންނާ ގުޅިގެން ހައްލު ކުރަމުން އަންނަ ކަމަށެވެ.

  1. ކޮބާ އެ މެއިލް އަކީ! ޝަކުވާ އެބަހުރި ބައިވަރު!