ބޮލީވުޑް

ކަަރަންގެ ކުރިިއަށް އޮތް ފިލްމުގެ އެންމެ ހާއްސަ ލެޖެންޑްރީ ތަރިން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކާމިޔާބު ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަަރަން ޖޯހަރްގެ ކުރިއަށް ފިލްމު “ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ”ގެ އެންމެ ހާއްސަ ކަމަކަަށް ވެގެންދާނީ ފިލްމުގެ މުހިންމު ރޯލަކުން ލެޖެންޑްރީ ތަރިން ކަމުގައިވާ ޝަބާނާ އަޒްމީއާއި ދަރްމެންދުރާ ފެނިގެންދިޔުން ކަމަށް މީޑިޔާގައި ރިޕޯޓް ކޮށްފިއެެވެ.

Ads by STELCO

މިއަދު މިކަން އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު ހިންދީ މީޑިޔާތަކުން މިހާރު ވަނީ މި ވާހަކަ ފަލަ ސުރުހީތަކަށް އަރުވައިފައެެވެ.

އާލިޔާ ބަޓް އަދި ރަންްވީރު ސިިންގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގައި ޝަބާނާއާއި ދަރްމެންދުރަ ފެނިގެންދާނީ އާލިޔާގެ މާމައާއި ކާފަގެ ރޯލުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި މިފިލްމުގައި ރަންވީރުގެ މާމަގެ ރޯލުން ޖަޔާ ބައްޗަން ފެންނާނެ ކަމަށް ވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ޝަބާނާ އަޒްމީއާއި ދަރްމެންދުރަ އެކުގަައި ފެނިގެން ގޮސްފައިވާ ހަމައެކަނި ފިލްމަކީ 1988ގަައި ނުކުތް ފިލްމް “މަރްދޯ ވާލި ބާތު”އެެވެ. އެފިލްމުގެ އިތުރުން އެ ދެމީހުން އެކުގައި މަސައްކަތް ކުރަން ހަމަޖެހުނު ފިލްމަކީ 1970ގެ އަހަރުތަކުގައި ނެރުމަށް މަަސައްކަތް ކުރި ފިލްމް “ބިއްޗޫ”އެވެ. އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެފިލްމްގެ މަސައްކަތްވަނީ ހުއްޓައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!