ބޮލީވުޑް

އަލީ ގޮނީ ދުވަސްކޮޅަކަށް ސްކްރީނާ ދުރަށް، ސަބަބު ކިޔައިދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްޓާ ޕުލަސްގެ މަގްބޫލު ޑްރާމާ "ޔޭހޭ މޮހައްބަތޭން" ގައި "ރޯމީ ބަައްލާ"ގެ ރޯލުން ބެލުންތެރިންގެ މަގްބޫލުކަން ހޯދައި އިންޑަސްޓްރީގައި ކާމިޔާބު ހޯދަމުން އަންނަ އަލީ ގޮނީ މިވަގުތު ވަނީ ސްކްރީނާ ދުރުވެފައި ކަމަށާއި އޭނާއަށް މިދުވަސްކޮޅު ލިބެމުން އަންނަ ފުރުސަތުތައް ދޫކޮށްލަމުން ދާކަމަށް އޭނާ ބުނެފިއެވެ.

Ads by STELCO

އަލީ ބުނެފައިވާ ގޮތުގައި ކޮވިޑް19އަށް ފައްސިވެ ހާލަތު ގޯސްވުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ނުބެލި ބަރުދަން ވަނީ އިތުރުވެފައެވެ. އެހެންކަމުން މިވަގުތު ލިބެމުން އަންނަ އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ނުކުރުމަށް އޭނާ ވަނީ ނިންމައިފައެވެ.

"އަހަންނަށް މިވަގުތު ވަރަށް ގިނަ އޮފަރތައް އެބަ ލިބޭ. އެކަމަކު އެއިން އެއްވެސް އޮފަރއެއް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން ކޮވިޑް19އަށް ފައްސިވުމުގެ ސަބަބުން މެއަށް ހާއްސަ ބޭހެއް ކާން ޖެހުމުން އޭގެ ސައިޑް އިފެކްޓްގެ ސަބަބުން މިހާރު އަހަރެންގެ ބަރުދަން މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ. އެހެންވީމަ އަހަރެންގެ ފުރަތަމަ ފޯކަސްއަކީ އަލުން ހަށިގަނޑުގެ ބައްޓަން ގެނައުން" އަލީ ބުންޏެވެ.

ބަތަލާ ޖޭސްމިން ބާސިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަލީ އާއި ޖޭސްމިންގެ ޖޯޑަކީ ބެލުންތެރިންގެ މެދުގައި މަގްބޫލު ޖޯޑެކެވެ. މިދެތަރިންގެ ކައިވެންޏަށް ފޭނުން އިންތިޒާރު ކުރަމުންދާއިރު އެމީހުން ކައިވެނި ކުރާނެ ވަކި ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެއެވެެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!