ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗަށް!

އާލަމީ ވަބާ، ކޮވިޑް19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗަށް ގޮސްފިއެވެ.
ޖޯންސް ހޮޕްކިން ޔުނިވާސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު 4 މިލިއަނަަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ބައެއް ގައުމުތަކުން އެކަށީގެންވާ ގޮތުގައި ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާތީ ސީދާ އަދަދު ބުނަން ނޭނގޭކަމަށް އެ ޔުނިވާރސިޓީން މައުލޫމާތު ދެއެވެ.
ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް ބްރެޒިލް ވެފައިވާއިރު ތިންވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިންޑިޔާއިންނެވެ. މި ތިން ގައުމުން މަރުވި މީހުން އަދަދު 606,000އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.
މިދިޔަ ހަފްތާގައި އެމެރިކާއިން މަރުވި މީހުންގެ އަދަދުވަނީ ފާހަގަކޮށްލެވޭ ވަރަކަށް ދަށަށްގޮސްފައެވެ.
ކޮވިޑް19 ގެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް އެކި ގައުމުތަކުގައި ހަލުވި ކަމާއެކު އަދިވެސް ފެތުރެމުންދާއިރު އެމެރިކާގައި ވެސް މިވޭރިއެންޓް ހަލުވިކަމާ އެކު ފެތުރެމުންދާކަމަށް ޔޫއެސް ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެއެވެ.