ބޮލީވުޑް

ހާލުގައި ޖެހުނު ޝަގުފްތާއަށް ރޯހިތު އެހީވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޝަގުފްތާ އަލީ

ކޮވިޑް19ގެ ބިޔަ ރާޅަކާ އެކު އިންޑިޔާ މުޅިންގެ "ދޮވެލާފައި" ވާ މިދަނޑިވަޅުގައި އިންޑިޔާގެ ބައެއް ފަންނާނުން ހާލުގައި ޖެހި އެހީތެރިކަމަށް ދަނީ އެދެމުންނެވެ. މިގޮތުން ދާދި ފަހުން މީޑިޔާތަކުގެ ފަލަސުރުހީއަށް އެރީ އިންޑިޔާގެ އެންޓަރޓެއިންމެންޓް ދާއިރާގައި ހަރަކާތްތެރިވާތާ 40 އަަހަރަށްވުރެ ގިނަވެފައިވާ ޝަގުފްތާ އަލީއަށް އެއްވެސް މަސައްކަތެއް ނުލިބި ހާލުގައި ޖެހުމުގެ ސަބަބުން އަތުގައި ހުރި ގަހަނާއާއި އެ ނޫން ވެސް އެއްޗެހި ވިއްކާލި ޚަބަރެވެ.

Ads by MWSC

ސުޕަހިޓު ޑްރާމާތައް ކަމުގައިވާ "ބޭޕަނާ"، "ސާތު ނިބާނާ ސާތިޔާ" އަދި ސަސުރާލް ސިމަރް ކާ" ފަދަ ޑްރާމް ސީރީޒްތަކުން ފެނިގެން ގޮސްފައިވާ ޝަގުފްތާ ހާލުގައި ޖެހުނު ވާހަކަ މީޑިޔާއަށް އެރުމާ އެކު ކާމިޔާބު ޑައިރެކްޓަރ ރޯހިތު ޝެޓީ މިވަނީ ޝަގުފްތާއަށް އެހީ ވެފައެވެ. މިގޮތުން އެހީގެ ގޮތުގައި ރޯހިތު ވަނީ ޝަގުފްތާއަށް ގިނަ އަދަދަކަށް ފައިސާ ދީފައިކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ރޯހިތު ޝެޓީ

ގަހަނާއާއި ކާރު ވިއްކާލުމުގެ އިތުރުން އޭނާއަކީ ހަކުރު ބަލި ހުންނަ މީހެއްކަމުން ފައިސާ ނެތުމުގެ ސަބަބުން ބޭސް ވެސް ނުގަނެވިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ރޯހިތު ޝެޓީގެ ފަރާތުން އެހީ ލިބުނު ނަމަވެސް ޝަގުފްތާ މިހާތަނަށް ރޯހިތުއާ ބައްދަލުވެފައި ނުވާ ކަމަށާއި އޭނާ ފެނިފައި ވެސް ނުވާކަމަށް ޝަގުފްތާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ލިބުނު އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!