ބޮލީވުޑް

އާލިއާ ބަޓް މިހާރު މިސްރާބު ހުރީ ހޮލީވުޑަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ އާލިޔާ ބަޓް މިސްރާބު މިހާރު ހުރީ ހޮލީވުޑަށް ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފިއެވެ.

Ads by STELCO

އާލިޔާ ޑަބްލިޔުއެމްއީ ޓެލެންޓް އޭޖެންސީއަށް ސޮއި ކުރި ވާހަކަ މިހާރު ދަނީ މީޑިއާތަކުގައި ދެކެވެމުންނެވެ. އެގޮތުން ހޮލީވުޑް ޚަބަރުތައް ގެނެސްދޭ ޑެޑްލައިން ހޮލީވުޑްއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

މިހައިތަނަށް އާލިޔާ ގިނަ ފިލްމުތައް ކުޅެފައިވާއިރު އާންމުންގެ ތެރޭގައި އެންމެ މަގުބޫލުކަން ހޯދީ "ސްޓޫޑަން އޮފް ދަ ޔިއަރ" ފިލްމުންނެވެ. އެއީ އާލިޔާ ފިލްމީ ދާއިރާއިން ފެނުނު ފުރަތަމަ ފިލްމު ވެސް މެއެވެ.

މި ވަގުތު އާލިއާ ކުޅެން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި އާރްޔަން މުކަރްޖީގެ "ބްރަމްސްތްރާ"، ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ"، އަދި ޝާހްރުކް ޚާންގެ "ޑާލިންސް" ހިމެނެއެވެ.

އާލިޔާ މީގެ ކުރިން ވެސް ވަނީ ހޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ހޮލީވުޑްގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އާލިޔާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!