ބޮލީވުޑް

ސުޝާންތު މަތިން ހަނދާންވުމުން އަދިވެސް ގައިން ހީބިހި ނަގާ: ކުރީގެ ލޯބިވެރިޔާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަމިއްލައަށް މަރުވި ބޮލީވުޑު ތަރި ސުޝާންތު ރާޖްޕޫތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އަދިވެސް ސުޝާންތު މަތިން ހަނދާންވުމުން ގައިން ހީބިހި ނަގާ ކަމަށް އޭނާ ބުނެފިއެވެ.

Ads by MWSC

ސުޝާންތުގެ ކައިޕޯޗީ ފިލްމުގެ ލަވައެއް ހިއްސާކޮށް އަންކިތާ ބުނީ އެ ލަވައިން ސުޝާންތުގެ މަތިން ހަނދުމަވާ ކަމަށާއި ލަވަ އަޑުއިވޭ ކޮންމެ ހިނދަކު ގައިން ހީބިހި ނަގާ ކަމަށެވެ.

ކައިޕޯޗީއަކީ ސުޝާންތު ސިންގުގެ ފުރަތަމަ ބޮލީވުޑު ފިލްމެވެ. އެ ފިލްމާއެކު ސުޝާންތަށް ބޮލީވުޑުން ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިގެން ގޮސްފައެވެ.

ޒީ-ޓީވީގެ "ޕަވިތުރަ ރިޝްތާ" ޝޯއަކީ ސުޝަންތު ސިންގް ރާޖްޕޫތާއި އަންކިތާ ލޯކަންޑޭގެ ކެރިއަރުގެ ބިންގާ އެޅުނު ސިލްސިލާ އެވެ. އަންކިތާ އާއި ސުޝާންތު ލީޑް ރޯލު ކުޅުނު މި ސިލްސިލާ ފެށުމާއެކު މި ދެ ތަރިންގެ މެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއްގެ ބިންގާ ވެސް އެޅިގެން ދިޔަ އެވެ.

ގާތްގަނޑަކަށް ހަތް އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ މި ލޯތްބަށް ނިމުން އައީ ސުޝާންތު ފިލްމު ކުޅެން ފެށި ފަހުންނެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުން މުޅިން ކެނޑިފައި ވަނީ 2016 ގެ ފަހުކޮޅު އެވެ.

ސުޝާންތު އާ ރުޅިވާން މެދުވެރިވީ ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އަންކިތާ އަދިވެސް ސުޝާންތު މަތިން ވަރަށް ހަނދާން ކުރެ އެވެ. އަދި ސުޝާންތުގެ ކުއްލި މަރާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރި އެކަކީ ވެސް އަންކިތާ އެވެ.

 

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!