ބޮލީވުޑް

ޔަމީ ގޯތަމް ދެން ފެންނާނީ ފިލްމް "ލޮސްޓް"އިން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޔަމީ ގޯތަމް ދެން އެންމެ އަވަހަށް ފެންނާނީ އަނިރުއްދާ ރޯއީ ޑައިރެކްޓް ކުރާ ފިލްމް "ލޮސްޓް"އިންކަމަށް އޭނާ ބުނެފިއެވެ.

Ads by Sosun Fihaara

ފޭނުންނާ މި ޚަބަރު ހިއްސާ ކުރުމަށް ސޯޝަލް މީޑިޔާގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމް "ލޮސްޓް"ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

މިފިލްމުގައި ޔަމީ ފެނިގެންދާނީ އިންވެސްޓިގޭޓިވް ޖާނަލިސްޓެއްގެ ގޮތުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. "ލޮސްޓް"ގައި ޔަމީއާ އެކު ޕަންކަޖް ކަޕޫރު، ރާހުލް ކަންނާ، ނެއިލް ބޫޕަލަމްއާއި ޕިޔާ ބަޖްޕީގެ އިތުރުން ތުޝާރު ޕާންޑޭ ވެސް ފެނިގެން ދާނެއެވެ.

ޒީ ސްޓޫޑިޔޯ އަދި ނަމަހް ޕިކްޗާރސް ގުޅިގެން ގެނެސްދޭ މިފިލްމަކީ އިންވެސްޓިގޭޓިވް ޑްރާމާއެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި ފިލްމް ޝޫޓް ކުރުމަށް ހަމަޖެހިފައި ވަނީ ކަލްކަތާގައި ކަމަށް ވެސް އިންޑިޔާގެ މީޑިޔާތަކުން ބުނެއެވެ.

ދާދިފަހުން ޑައިރެކްޓަރ އަދްތިޔަ ދާރްއާ ކައިވެނިކޮށްފައިވާ ޔަމީ ގޯތަމްގެ ކާމިޔާބު ފިލްމްތަކަށް ބަލައިލާއިރު 2016 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ސަނަމް ރޭ"، 2017 ވަނަ އަހަރު ރިތިކް ރޯޝަން އާއެކު ފެނިގެން ދިޔަ ފިލްމް "ކާބިލް" ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް ފިލްމް "ބާލާ" އަދި "ވިކީ ޑޯނަރ" އަކީ ވެސް ޔަމީ ގޯތަމްގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!