Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ލީޗް ތެރަޕީން ކަޅު ފަންގަސް ރަނގަޅުވޭ؟

ލީޗް ތެރަޕީން ކަޅު ފަންގަސް ރަނގަޅުވޭ؟

ކޮވިޑް19އާ އެކު އިންޑިޔާގައި ހަލުވިކަމާ އެކު ދަނީ ކަޅު ފަންގަސް ބަލި ފެތުރެމުންނެވެ. އެއާ އެކު އިންޑިޔާއިން ދަނީ މިބައްޔަށް އެކިއެކި ފަރުވާތައް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. މިގޮތުން ލީޗް ތެރަޕީ ދީގެން ވެސް ބައެއް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

<strong>ލީޗް ތެރަޕީއަކީ ކޮބާ؟</strong>

ލީޗްސްއަކީ ކަޅުކުލަައިގެ ކުޑަ ، ލޭ ބޯ ފަންޏެކެވެ. ލީޗް ތެރަޕީ ދިނުމަށް ޓަކައި ބޭނުންކުރަނީ ވަކި ވައްތަރެއްގެ ލީޗެކެވެ. މިވައްތަރު ލީޗަސްއަށް ކިޔަނީ މެޑިކަލް ލީޗަސްއެވެ. މިފަރުވާ ދިނުމަށް ޓަކައި މިވައްތަރުގެ ފަނި ގައިގެ ތަންތަނުގައި ލޭ ބޯން ފަނަރަ ނުވަތަ 20 މިނެޓު ވަންދެން ބައިންދައެވެ. މިގޮތަށް މިފަނި، ލޭ ބުއިމުގެ ސަބަބުން ހަށިގަނޑުގައިވާ ހަޑި ލޭތައް ބޭރުވެ، ލޭގެ ހިނގުން ރަނގަޅުވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

Advertisement
Allied Insurance — Square (box)

<strong>ލީޗް ތެރަޕީއިން ބްލެކް ފަންގަސް ރަނގަޅުވޭތަ؟</strong>

އިންޑިޔާގެ އާޔުރުވެދިކް ކޮންސަލްޓެންޓެއް ކަމުގައިވާ ޑރ. އަސްވަތީ ޕަތިޔަތު ވިދާޅުވި ގޮތުގައި ކަޅު ފަންގަސް ޖެހެނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަކުރު ބަލި ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށެވެ.

"މިބަލީގެ ފަރުވާތަކުގެ ތެރެއިން އެންމެ ރަނގަޅީ ލީޗް ތެރަޕީ. އެއީ މި ފަރުވާ ދެނީ އާޔުރުވެދިކް އެހެން ފަރުވާތަކާ އެކު ކަމަށް ވާތީ. އެކަމަކު ފަރުވާގެ ޔަގީންކަން ބަރޯސާ ވާނީ ބަލި ޖެހިފައިވާ މިންވަރަށް" ޑރ. އަސްވަތީ ޕަތިޔަތު ވިދާޅުވިއެވެ.

އެހެން ނަމަވެސް ލީޗް ތެރަޕީއިން އެހެން ބަލި ބައްޔަށް ފަރުވާ ލިބުނަސް ކަޅު ފަންގަސްއަށް ފަރުވާ ލިބޭކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ވެސް ބައެއް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

މިގޮތުން އިންޑިޔާގެ ކަރުން މަތީގެ ޑޮކްޓަރެއްކަމުގައިވާ ޑރ. އަމީތާބް މާލިކް ވިދާޅުވި ގޮތުގައި ކަޅު ފަންގަހުން ސަލާމަތްވުމުގެ ޔަގީންކަން އޮތް ހަމައެކަނި ގޮތަކީ އޮޕަރޭޝަން ކޮށްގެން އިންފެކްޓްވެފައިވާ ހިސާބު ނެގުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް