ނެހާ ދުޕިއާ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑު
ބޮލީވުޑް މަޝްހޫރު ތަރި ، ނެހާ ދުޕިއާއަށް ދެވަނަ ދަރިފުޅަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.
ނެހާ ވަނީ އިންސްޓްގްރާމްގައި މިކަން އިއުލާންކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ، ކެޕްޝަންގައި ޖަހަންވީ އެއްޗަކާ މެދު ދެ ދުވަސް ވަންދެން ވިސްނި ކަމަށާއި އެންމެ ރަނގަޅު އެއްޗަކަށް ފެނުނީ "ތެންކިޔު ގޯޑް" ކަމަށެވެ.
މި ޕޯސްޓުގައި ނެހާ ވަނީ ފިރިމީހާ އަންގަދް އަދި ދަރިފުޅު މެހެރްއާ އެކު ނަގައިފައިވާ ފޮޓޯއެއް މި ޕޯސްޓާއެކު އާންމުންނަށް ދައްކައިލައިފައެވެ.
އަންގަދް އާއި ނެހާއަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ދެމަފިރިންނަށް އެންމެ ފުރަތަމަ ލިބުނީ އަންހެންކުއްޖެކެވެ. މިފަހަރު ލިބެނީ ކޮންކަހަލަ ކުއްޖެއް ކަމެއް އަދި ހާމަަކޮށްފައެއް ނުވެއެވެ.
ނެހާ މިހާރު އެންމެ އާންމުކޮށް ފެންނަނީ އެމްޓީވީއިން ގެނެސްދޭ “ރޯޑީސް” ޕްރޮގްރާމުންނެވެ. އެމްޓީވީ ރޯޑީޒްގެ ޖަޖެއްގެ ގޮތުގައި އެ ޝޯގެ 14 ވަނަ ސީޒަނުން ފެށިގެން ނެހާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނެހާއަކީ މޮޑެލްއެއް ވެސް މެއެވެ.