Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރިސޯޓެއްގެ ޕޫލަށް އެރި އުޅެނިކޮށް ކުއްޖަކު މަރުވެއްޖެ

ރިސޯޓެއްގެ ޕޫލަށް އެރި އުޅެނިކޮށް ކުއްޖަކު މަރުވެއްޖެ

ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލަކަށް އެރި އުޅުނު ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 7:56 ގައި ކަމަށާއި ކުޑަކުއްޖާ މަރުވީ އާއިލާއާ އެކު ޕޫލުގައި އުޅެނިކޮށް ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް ފ. ނިލަންދޫ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވީ ރަޝިއާއަށް ނިސްބަތްވާ ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ގެނބިގެން ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް ފުލުހުން އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް