ޚަބަރު

ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ބޭރުން އަންނަ ދިވެހީން ކަރަންޓީނުވާކަށް ނުޖެހޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަަމަޖައްސައިފިއެވެ.

Ads by MWSC

މިފަދައިން ހަމަޖައްސައިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމު އައު އުސޫލުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮތް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިރޭ ނެރުއްވި އެންގުމުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވެ ބަލިން ފަސޭހަ ވެފައިވާ މީހުންގެ ތެރެއިން ފައްސިވި ސުންކު ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ޑަބްލިއުއެޗްއޯއިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި އެ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާ އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ. އެ ނޫން މީހުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށާއި އެމީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނައްސި ވުމުން ކަމަަށް ވެސް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!