ޚަބަރު

މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވާނެކަމަށް މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިއީ އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް މިއަދު ފެށޭނެ ކަމަށެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބޮޑު ތާއީދަކާ އެކު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތީ މި މަހުގެ ތެރޭގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!