ޑެލްޓާ ވޭރިއެންޓްގެ ބޮޑެތި ރާޅުތަކެއް ގިނަ ގައުމުތަކަށް އަރާނެކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ދީފި
ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓްގެ ބޮޑެތި ރާޅުތަކެއް ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކަށް އަންނާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ދީފިއެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ އެހެން ވޭރިއެންޓުތަކަށް ވުރެ ޑެލްޓާ ވޭރިއެންޓުގެ ބާރު ގަދަ ކަމަށާއި ޑެލްޓާ ވޭރިއެންޓު ފެތުރޭ ރޭޓު އަވަސް ކަމަށެވެ. އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޑެލްޓާ ވޭރިއެންޓް ފެތުރިފައިވާ ގައުމުތަކުގެ ހާލަތު ގޯސްވަމުންދާކަމަށެވެ.
ދުނިޔޭގެ 124 ގައުމަކުން ޑެލްޓާ ވޭރިއެންޓު ފެތުރުފައިވާއިރު މި ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރުޑިސެމްބަރު މަހު އިންޑިއާއިންނެވެ. އިންޑިއާގައި ކޮވިޑް-19ގެ ދެވަނަ ރާޅު އުފެދިފައި ވަނީ ޑެލްޓާ ވޭރިއެންޓުންނެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ޑެލްޓާ ވޭރިއަންޓްގެ އަސަރު ކުރާކަމަށް ރިޕޯތުތަކުން ބުނެއެވެ. މިހާރު މި ވޭރިއެންޓު އެންމެ ބާރަށް ފެތުރެމުން ދަނީ އެމެރިކާގައެވެ. އެ ގައުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 51.7 އިންސައްތަ މީހުންނަށް ޑެލްޓާ ވަނީ ޖެހިފައެވެ. ދުވަހެއް ދުވަހަކަށް އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށައިފައެވެ.
ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓްއަކީ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ވޭރިއެންޓުކަމަށް ރިޕޯޓުތަކުން ދައްކައެވެ. ބޮޑެތި ގައުމުތަކުން ނަގާ ސުންކުތަކުގެ 35 އިންސައްތަ ހިއްސާ ކުރަނީ މި ވޭރިއެންޓެވެ.