ބޮލީވުޑް

ބަރަހަނާ ފިލްމު އުފެއްދުމުގައި ޝިލްޕާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ހަފްތާގައި މުޅި ބޮލީވުޑަށް ލިބުނު އެންމެ ހައިރާން ކުރުވަނިވި އެއް ޚަބަރަކީ މަޝްހޫރު އެކްޓްރެސް، އަދި އަމިއްލަ ވިޔަފާރިވެރިޔާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ، ބަރަހަނާ ފިލްމު އުފެއްދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޚަބަރެވެ.

Ads by MWSC

ބަރަހަނާ ފިލްމު ހަދައި، ވިއްކި ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރު ކުރީ މި މަހުގެ 19ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރުމުގެ އެއް ދުވަސް ކުރިން މީސް މީޑިއާގައި ޝިލްޕާ ކުރި ޕޯސްޓެއް ވެސް ވަނީ ވައިރަލްވެފައެވެ. އެ ޕޯސްޓުގައި ޝިލްޕާ ބުނެފައި ވަނީ "ވަށައިގެންވާ ކަންކަން ކޮންޓްރޯލު ކުރުމުގެ ބާރު ތިމާގެ ނެތަސް، އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވިދާނެ" ކަމަށެވެ.

ޝިލްޕާގެ އެ ޕޯސްޓާ ގުޅިގެން އުފެދުނު އަނެއް ސުވާލަކީ، އޭނާގެ ފިރިމީހާ ކުރި ކަމަށް ބުނާ އެ ކަންތަކުގައި ޝިލްޕާގެ އަތެއް ވޭތޯ ނުވަތަ ނޫންތޯއެވެ.

އެކަމާ ގުޅޭގޮތުން ކްރައިމް ބްރާންޗްގެ ޖޮއިންޓް ކޮމިޝަނަރ އޮފް ޕޮލިސް މިލިންދް ބަރަމްބޭ ބުނީ، ބަރަހަނާ ފިލްމު އުފެއްދުމުގައި ފިރިމީހާ ރާޖް ކުންދްރާއާ އެކު ޝިލްޕާ އެއްވެސް މިންވަަރަކަށް ބައިވެރިވިކަން އަދި މިހާތަނަށް އެނގިފައެއް ނުވާ ކަމަށެވެ.

ނަމަވެސް ޝިލްޕާގެ ފިރިމީހާގެ މައްޗަށް ވަނީ އޮޅުވައިލުމާއި މަކަރު ހެދުމުގެ ދައުވާއާއި ބަރަހަނާ މަންޒަރު އެކުލެވޭ ފިލްމު އުފެއްދުމުގެ އިތުރުން އެފަދަ ކަންކަން އިޝްތިހާރު ކުރުމުގައި ބައިވެރިވި ކަމުގެ ދައުވާ ވެސް އުފުލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!