ޚަބަރު ސިޔާސީ

އެމްޑީޕީގެ ރައީސަކު ހުރެ، މިފަދަ ޤަރާރެއް ފާސް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން: އާޒިމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ މަޝްވަރާ ނުކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ޤަރާރެއް ހުށަހެޅުމަކީ މަސްލަހަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހު ދިން ހަމަލާގެ ތަޙްޤީޤަށް ހާމަވި މައުލޫމާތުތަކުން ފުލުހުން އާއްމު ކުރި މައުލޫމާތު ތަކަށް ބަލާއިރު، ޓެރެރިޒަމްއާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައީސަށް ހުށަހެޅުމަށް ރޭ އެމްޑީޕީއިން ބޭއްވި ޤައުމީ ޖަލްސާއިން ވަނީ ނިންމައިފައެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 148 މެމްބަރުންގެ ތެރެއިން އެންމެ 41 ބޭފުޅެކެވެ. ގަރާރު ފާސްކުރީ ވަރަށް ހަނި އަޣުލަބިއްޔަތެއް ކަމަށްވާ 39 ބޭފުޅެއްގެ ވޯޓުންނެވެ. ޖަލްސާގައި ވާހަކަފުޅު ދެއްކެވި ނަމަވެސް ވޯޓްގައި އާޒިމް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ރޭގެ ބައްދަލުވުމުގައި، ނަޝީދުގެ ގަރާރާ ކިރިޔާ ވެސް ދެކޮޅަށް ވާހަކަ ދެއްކެވި ހަމައެކަނި މެންބަރަކީ އާޒިމްއެވެ.

އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި އަޑީ ދައުލަތެއް އެބައޮތް ކަމަށާއި އެކަމާ ދެބަސްވާނެ މީހެއް ނެތް ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރު އެބައޮތް ކަމަށާއި މިކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭނެ ކަަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ޤާނޫނު އަސާސީގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ކަމަށް ވާއިރު، މިފަދަ ޤަރާރެއް ފާސްކުރަން ވާނީ ރައީސްއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"މި ޤަރާރު ކުޑަކޮށް ރަނގަޅުކޮށްލަން ޖެހޭ، ސަބަބަކީ ޤާނޫން އަސާސީން ކުއްލި ނުރައްކަލުގެ ހާލަތު ގެނައުމުގެ ފުރުސަތު މި ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށް. ރައީސުލްޖުމްހޫރިއްޔާއަކީ މި ޕާޓީގެ ބޭފުޅެއް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އާ އަޅުގަނޑުމެން ވާހަކަ ދެކެވެން ޖެހޭނެ، މިރޭގެ މި ޤައުމީ މަޖިލީހަށް އައުމުގެ ކުރިން." އާޒިމް ވިދާޅުވީ ޤައުމީ މަޖިލީހުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވަން ޖެހޭނެ ކަަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ޞާލިޙްއާ މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމެވުމަކީ ރައްޔިތުން ވެސް އެދޭ ގޮތް ކަމަށާއި ރައްޔިތުން ފުރުސަތު ދިނީ އެމްޑީޕީއާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ

Ads by Ooredoo
  1. ދޮންރިހަ

    ޢެމްޑީޕީ ފެއިލްވެއްޖެ ގައުމެއްގެ ވެރިކަންހިންގާނެގާބިލްކަމެއްނެއް ގާނޫން ހަދާމަޖިލީސް އެމްޑީޕީއައްސަރުކާރައް ދިނުމުން ބޭރުގައުމުތަކުން ދާނީފުރުސަތުގެބޭނުންހިފަމުން ހާއްސަކޮއް އިންޑިއާއިން ރާއްޖެ ހިންގަން މިނިވަން ތައުލަިމީގާބިލް ޒުވާން ބޭފުޅުން އެބަތިބި އުގެއިލުމެންފަދަ އެތައްބޭފުޅުން އެފަރާއްތަކަފުރުސަތުދޭންވީ ޕާޓީތައްމީގައުމުގެ ބައިކޮއްނަފުރަތުގެބިލްތަކައްވެފަމިވަނ.

    • މުޙައްމަދު

      އުގައިލު އަކީ ދެއުޅި އެއްނުވާާ މީހެއް