ފުޅަދޫގައި މޫދަށް އެރިގެން އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ
ބ.ފުޅަދޫގައި މޫދަށް އެރިގެން އުޅުނު މީހެއް ގެނބިގެން ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ.
ފުޅަދޫ ކައުންސިލު ރައީސް އަލީ އަޒުހަރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގައިފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި އޭނާ މޫދުން ނަގައިގެން ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އޭނަ ސަލާމަތް ވެސް ކުރިހެން. ހަތަރު ކުއްޖަކު މޫދަށް އެރިގެން އުޅެނިކޮށް ގެނބުނީ. އެތަނުން އެ ފިރިހެން މީހާ ސަލާމަތް ކުރަން ވެގެން އުޅުނު ކަމަށް މައުލޫމާތު ލިބޭ" އަޒުހަރު ވިދާޅުވިއެވެ.
ކައުންސިލު ރައީސް މިވަގުތު ވެސް ހުންނެވީ އެ ސަރަޙައްދުގައި ބިޒީކޮށް ކަމަށްވާތީ، އިތުރު ތަފްސީލެއް މިކަމާ ގުޅޭގޮތުން މިވަގުތު ދެއްވެން ނެތް ކަމަށް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ މީހެކެވެ. އަދި އެމީހާ ނިޔާވީ ހަތަރު ކުއްޖަކުން އޮޔާ ދާތީ، އެކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون