ހަރުކަށި ފިކުރާ ދެކޮޅަށް ޝަހީމް ލިޔުއްވި އާޓިކަލް ނަޝީދު ޝެއަރ ކުރައްވައިފި
ހަރުކަށި ފިކުރުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އިސްތިރާޖީ ގޮތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވި އާޓިކަލެއް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ޝެއަރ ކުރައްވައިފިއެވެ.
ޑރ. ޝަހީމް އޭނާގެ ވެބްސައިޓުގައި މިއަދު ވަނީ ހަރުކަށި ފިކުރު ނައްތާލުމާ ގުޅޭ ގޮތުން ލިޔުއްވައިފައެވެ. އެގޮތުން ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ، އިސްލާމީ ފިޤުހީ އުޞޫލުތަކާއި ޝަރުޢީ އިޞްޠިލާޙުތަކާ މެދު އެފިކުރުގެ އަހުލުވެރިން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔައިދީ ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކޮށްގެން ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
އަދި ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށް ޓަކައި މިހާރުގެ ޙާލަތު ދަނެ އިސްލާމީ ފަލްސަފާގެ އަލީގައި ހަރުދަނާ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައިގެން މުސްތަޤުބަލަށް ޓަކައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމަށާއި ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދިގުދެމިގެންވާ ޙައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ޤައުމީ މި ފަދަ މަސައްކަތެއްގައި ޤައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ ޢިލްމީ ގޮތުން ދެވެން އޮތް އެންމެހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ނަޝީދު މީގެ ކުރިން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ވަރަށް ގިނަވެއްޖެ ކަމަށާއި ކުއްލި ނުރައްކާ އިއުލާނު ކުރައްވަން ވެސް ގޮވައިލައްވައިފައެވެ. ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ގިނަވެއްޖެ ކަމަށާއި ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރުން ބޭނުންތެރި ކަމަށެވެ.
ޝަހީމް ، ތީ ކެނެރީގެ ނަޝީދު ކަން ދަންނާތި. ކޮންމެފަދަ މުންކަރާތަކަށްވެސް އަރައިގަނެފާނެ.
ނަސީދު އާ އެތް ގަލަކައް އެރުމަކީ ފޫންވަޅުގަޑެތް ކޮނެފަ ފުއްމާލުނފަދަ ކަމެތް ަދިވެސް ނަސީދު ދަސްނުވާތީ ވ ދެރަކަމެތް
މަކަރުވެރި ލާދީނީކަލޭގެ މިހާރު ބަގުރަލުގެވާހިކަދައްކާތީވެ އެވާހައޮއްބާލަންވެގެންކުރާކަންތަތީ ތިކަލޭގެ ދީނީމީހަކަހެވެނޭދޭނެ މަކަރު ހިޔަޅު
ޚީޔާނާތާއި މަކަރުގެ އަނދަވަޅަކަށް ފުންމާނުލަތި! ނަޝީދަކީ ވަރަށް ޔަހޫދީކަން ބޮޑު، ސިޔާސީ ބެނުމަށް ޓަކައި އަނބި-ދަރިން ޤުރުބާން ކޮށްފާނެ “ސިޔާސީ ޖަނަވާރެއް” ކަން ހަނދާނުގައި ބަހައްޓައިގެން މުވާމަލާތު ކުރާއްވާތި! އެންމެ ރަގަޅު ގޮތަކީ އޭނާއާ އެއްވެސް މުވާމަލާތެއް ނުކުރުން. ބޭނުމަކީ މިޤައުމުގެ އެންމެ މުހިއްމު މީހާކަމަށްވުމަށްޓަކައި ޚަބަރު ތަކުގެ ސުރުޚީއަކަށްވުން. އެކަމަށް އިންޑިއާ ސަރުކާރުން ރާްއްޖޭގެ ހުރިހާ ނޫސްތަކަށް ރިޝަވަތު ދޭނެ.
ތީމަކަރުވެރިކަމުން
ދަންނަ މީހުން – ދަންނަ މީހުންނާއެކު