ބޮލީވުޑް

ކަޝްމީރުގެ ސުކޫލުތައް އިމާރާތް ކުރަން އަކްޝޭ ބޮޑު އެހީއެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކަޝްމީރުގެ ސުކޫލުތައް އިމާރާތް ކުރުމަށް ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު އެއް ކުރޯޑް ރުޕީސް ހަދިޔާކޮށްފިއެވެ.

Ads by MWSC

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ކަޝްމީރުގެ ސަރަހައްދުތައް ބަލައިލުމަށް އަކްޝޭ ވަނީ އެ ސަރަހައްދަށް ގޮސް ބޯޑަރ ސެކިއުރިޓީ ފޯސްއާ އެކު އެއް ދުވަސް ހޭދަކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ޒިޔާރަތުގައި އޭނާ ވަނީ ހަލާކުވެފައިވާ ސުކޫލުތައް އަލުން އިމާރާތްކޮށް މަރާމާތު ކުރަން އެއް ކުރޯޑް ރުޕީސް ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން އެފައިސާ ލިބުނުކަމަށް ބުނެ ބޯޑަރ ސެކިއުރިޓީ ފޯސްއިން ވަނީ ޓްވީޓް ކޮށްފައެވެ. އެ ފައިސާއިން އިމާރާތްކުރާ ސުކޫލުތަކަށް އަކްޝޭގެ ބައްޕަ ހަރީ އޯމް ބާޓިއާގެ ނަމުން ވަނީ ނަންދީފައެވެ.

އުމުރުން 53 އަހަރުގެ ކާމިިޔާބު ފަންނާނު އަކްޝޭގެ މި އެހީއާ އެކު އެ ސަރަހައްދުގައި އުޅޭ ވަރަށް ގިިނަ ކުދިންނަށް ތައުލީމް ލިބިގެންދާނެކަމަށް ހަބަރުތައް ބުނެއެވެ.

ކޮވިޑް19ގެ ހާލަތާއެކު ބޮލީވުޑްގެ ފަންނާނުން ވަނީ އިންޑިޔާގެ ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ.

ބޮލީވުޑްގެ ފަންނާނުންގެ މިފަދަ އެހީތަކަކީ އިންޑިޔާގެ ފަގީރު ސަރަހައްދުތަކަށް އާއްމުކޮށް ލިބޭ އެހީ ތަކެކެވެ. މިގޮތުން މީހުންނަށް އެހީތެރިކަން ދިނުމުގައި ލާމަސީލު މިސާލު ދައްކަމުން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ސޯނޫ ސޫދް، ވިވެކް އޯބްރޯއި އަދި ސަލްމާން ހާން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!